މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1440 ވަނަ އަހަރު ރަމަޟާން މަހު ނ.މިލަދޫގައި އިމާމްވެ ތަރާވީޙް ނަމާދު ކުރާނެ ބޭރުގެ ޙާފިޡަކު ގެނައުމާބެހޭ
އިޢުލާން
1440 ވަނަ އަހަރުގެ ރަމަޟާންމަހު މިލަދޫގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިންބޭރުން ހާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހާފިޡު ގެނެސްދެވިދާނެ ޚަރަދު ތަފުޞީލު ބަޔާންކޮށް ރަސްމީ ލިޔުމަކުން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 މާރިޗު 2019
ހޯދާ