އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭނުންނުކޮށް ދޫކޮށްލާފައިވާ ތަކެއްޗާއި ހުއްދަ ނުހޯދައި ހަދާފައިވާ ބިނާތައް ނެގުމާބެހޭ

އިޢުލާން 

އައްޑޫގެ ހުރިހާ އަވަށެއްގެ ޢާންމު ތަންތަނަށާއި މަގުމައްޗާއި ބަނދަރުމައްޗާއި ފަޅުތެރޭގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ ވަރަށް ގިނަ ޢަދަދެއްގެ ތަކެތި ހުރިކަން ކައުންސިލަށް ފާހަގަކުރެވި އަދި އެތަކެތީގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިވެ، އެކަމުގެ ޝަކުވާ ކައުންސިލަށް ލިބުމުގެ ސަބަބުން، އެފަދަ ތަކެތި ނެގުމަށް ކުރެވުނު ނަންބަރު: (IUL)426-AB/426/2019/11 އިޢުލާނުގައި ދެވިފައިވާ މުއްދަތު، 21 ފެބްރުވަރީ 2019 ގައި ވަނީ ހަމަވެފައެވެ. ނަމަވެސް މިކަމަށް ދެވުނު މުއްދަތު އިތުރުކޮށް ދިނުމަށް ޢާއްމުންގެ ފަރާތުން އެދެމުންދާތީ، މިއަދުން ފެށިގެން  1 މަސް ދުވަހުގެ ތެރޭގައި މިފަދަ ތަކެތި ނަގައި ނިންމުމަށް އަންގަމެވެ.

އެހެންކަމުން، ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން ޢާންމު ތަންތަނަށާއި ބަނދަރުތަކަށާއި މަގުމައްޗަށް ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ކަނޑުގެ އުޅަނދުތަކާއި ބާ ފްރިޖްތަކާއި އަދިވެސް މި ނޫންވެސް އެހެނިހެން ތަކެއްޗާއި ބަނދަރު މަތީގައި ޖާހާފައިވާ ވެލިފުނިތަކާއި ވެލި ބަސްތާތަކާއި، ޤަވާޢިދާއި ޚިލާފަށް އެކި ތަންތަނުގައި ޕާކްކޮށް ގިނަދުވަސްވެ  ހަލާކުވެ ދޫކޮށްލެވިފައިވާ އެއްގަމު އުޅަނދުތަކާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ކަނޑުގެ އުޅަނދުތަކާއި ދާތަކާއި މިބާވަތުގެ އެންމެހާ ތަކެތި މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި  ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން މިފަދަ ތަކެތި ނުނަގައިފިނަމަ އެތަކެތި އެތަންތަނުން ނަގާނެ ކަމުގައި ޢާންމުކޮށް އަންގާ ޢިޢުލާން ކުރަމެވެ. އަދި މިގޮތުގެ މަތިން ނެގޭ ތަކެތި ނެގޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެއެއްޗެއްގެ ވެރިފަރާތުން ޙަވާލުނުވެއްޖެނަމަ އެ އެއްޗެއް ނީލަންކިޔައި ނުވަތަ ނައްތާލެވޭނެ ކަމުގައިވެސް ދެންނެވީމެވެ. އަދި މިފަދައިން ނެގޭ  އެއްޗެއް ވެރިފަރާތާއި ޙަވާލުކުރެވޭނީ އެ އެއްޗެއް އެތަނުން ނެގުމަށް ހިނގި ޚަރަދު ކައުންސިލަށް ދެއްކުމުންނެވެ.

އަދި މީގެ އިތުރުންވެސް، ޢާންމު ތަނަތަނާއި ބަނދަރުތަކުގައި ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި އެކި ފަރާތްތަކުން ހަދާފައިވާ ދާއިމީ ބިނާތައް ނެގުމަށާއި އެފަދަ ތަންތަނުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ އެތަކެތި މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި  ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން މިފަދަ ތަކެތި ނުނަގައިފިނަމަ އެފަދަ ތަންތަން ރޫޅާލައި، އެތަނުގައި ހުންނަ ތަކެތި ނައްތާލެވޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިފަދަ ތަކެތި ނައްތާލުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް މި އިދާރާއިން ޒިންމާ ނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

26 ޖުމާދަލްއާޚިރާ 1440  

03 މާރިޗު 2019
ހޯދާ