މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހދ.ހަނިމާދޫއިން 4 މަސްދުވަހަށް 3 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމަށް

މިމިނިސްޓްރީގެ ބޭނުމަށް ހދ.ހަނިމާދޫއިން 4 މަސްދުވަހަށް 3 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 މާރޗް 07 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ނުވަތަ ހދ.ހަނިމާދޫ ގައި ހުންނަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްސީލް:

  • ގެ ހިފުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2019 އިން ފެށިގެން 04 މަސް ދުވަހަށެވެ.
  • ކުއްޔަށްދޭ އަގު ހުށަހަޅަންވާނީ ފެނާއި ކަރަންޓް ހިމެނޭގޮތަށެވެ.
  • ކުއްޔަށް ހިފުމަށްބޭނުންވަނީ 04 މަސްދުވަހަށެވެ.
  • ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތަކީ ގޭގެ ވެރިފަރާތްކަމަށް ނުވަތަ ކުއްޔަށް ދިނުމަށް ހުށަހަޅާ ގެ ކުއްޔަށް ދިނުމަށް ހުއްދަލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 100 )

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ގޯތީގެ ރަޖިސްޓްރީ އަދި ކުރެހުން

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

28 ފެބުރުވަރީ 2019
ހޯދާ