މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ޤަވާޢިދު" (ނަންބަރު 2019/R-158)ގެދަށުން ލާޒިމްކުރާ ޞިއްޙަތުގެ އިންޒާރު

އެނައުންސްމަންޓް

 

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ޤަވާޢިދު" (ނަންބަރު 2019/R-158)ގެދަށުން ލާޒިމްކުރާ ޞިއްޙަތުގެ އިންޒާރު

 

        "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ޤަވާޢިދު" އަށް ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 31 މޭ 2019 އެވެ. މިޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ޞިއްޙަތުގެ އިންޒާރު އޮންނަންވީގޮތުގެ މަޢުލޫމާތު މިގަވާއިދަށް ޢަމަލުކުރަން ފެށުމުގެ މަދުވެގެން 3 މަސްދުވަސްކުރިން ޢާންމުކުރަންޖެހެއެވެ.

 

މިގޮތުން ޞިއްޙަތުގެ އިންޒާރުގެ ނޯޓިސްތައް އޮންނަންވާނެ ގޮތުގެ ނަމޫނާއާއި އިތުރު މަޢުލޫމާތު ޢާންމުކޮށްފީމެވެ. މިމަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑުކުރެވޭނެއެވެ. މީގެއިތުރުން މިއެޖެންސީއަށް ވަޑައިގަތުމުންވެސް މިމަޢުލޫމާތު ލިބޭނެވާހަކަ ދަންނަވަމެވެ.  

 

މި އެނައުންސްމަންޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އެޖަންސީގެ ފޯނު ނަންބަރު 3014411 ނުވަތަ 3014455 އަށް ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2019
ހޯދާ