ދިވެހިރާއްޖެ
މަގާމު: |
ޕްރޮޖެކްޓް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-271112 |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް2 |
ވަޒިފާ އަދާކުރަންޖެހޭ ތަން: |
ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ ވ.ރަކީދޫ |
މުސާރަ: |
މަހަކު 6295.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
ސަޕޯޓިންގ ކޯ އެލަވަންސް 700.00 ރުފިޔާ ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންސްޓްރިބިއުޝަން ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
ދަޢުލަތުގެ މުއައްޞަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން. ދައުލަތުން ޚަރަދުކުރާގޮތަށް ހިންގާ ޕްރޮޖެކްޓްތަށް އެ ޕްރޮޖެޓްތަށް ހިންގާ މުއައްޞަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހިންގައި ބަލަހައްޓައި ރިޕޯޓްކުރުން ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ރިޔާއަތްކޮށް ހިންގަމުންގެންދާ އެކި އެކި ޕްރޮޖެކްޓްތަކާއި، އަދިވެސް ކައުންސިލުން ހިންގާ ރަށުގެ މީހުންހޭލުންތެރިކަން ކުރުމުގެ ޕްރްގްރާމްތަށް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހިންގާއި ބެލެހެއްޓުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި،މި ގޮތުން އެކުލަވާލެވޭ ޕްލޭން އަތޮޅުކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން. އަދި ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ރަސުތަރައްޤީގެ ޕްލޭނަސް ރިޢާޔަތްކޮށް އެކްޝަން ޕްލޭންތައްޔާރުކޮށް އަތޮޅުކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން. އަދި ވެސް މީގެ އިތުރުން ކައުންސިލުން ރާވާއިގެން ހިންގާ އެކިއެކި ޕްރޮޖެކްޓްތަށް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ބެލެހެއްޓުން |
މަޤާމުގެ ޝަރުޠުތައް: |
ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަބނަދެއް ޙާޟިލްކޮށްފައިވުން. ނުވަތަ،މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް ބިޒްނަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސާރވިސްކޮމިޝަންގެ ވެބްސައިޓުން، އަދި މި އިދާރާއިން ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި، އީލމެއިލް އެޑްރެސް ހިމެނޭ ގޮތަށް) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއް ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު،ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ ވަޒިފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދަޢުލައތުގެ މުއައްޞަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާގެ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއުލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފެއްކަން ނުވަތަ ވަޒީފާ އަދާކޮށްފައިވާ ގޮތް އަންގައިދޭ ލިޔުމެއް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކާ ބަލާނީ ދިވެހި ސިވިލް ސާރވިސް ކޮމިޝަނުން 01 މެއި 2018 ގައި ޝާއިރުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުސޫލުތަކަށެވެ. މިގޮތުން މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައަޅާނީ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅައިގެންނެވެ. ތަޢުލީމާއި ތަމްރީން މަސައްކަތު ތަޖުރިބާ މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް ޤާބިލްކަން ކަށަވަރުކުރުމަސް އިންޓަވިއުކޮށްގެންނެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރިޗް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތަށް އީ.މެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14 މާރިޗް 2019 އާއި 21 މާރިޗް 2019 އާއި ދެމެދު ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާގައެވެ. |
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރަތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަށް ޝޯޓްލިސްޓްކުރެވޭނެއެވެ. |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9688845 ނުވަތަ 9642900 އަށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށެވެ.