މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލުގެ ނަންބަރު: GS69/BUDGET/2018/008 (24 ޑިސެމްބަރ 2018) ގައި ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

              

1- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ލެބޯރަޓަރީއަށް ޑެސްކާއި ގޮނޑި އަމިއްލަ ތަކެތީގައި ހޯދައިދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2- މިކަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މާރޗް07 ވާ ބުފާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިލަންދޫ ސްކޫލުގައެވެ.

3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

5- ބިޑް ހުޅުވުން އޮންނާނީ 2019 މާރޗް 12 ވާ ބުދަ ދުވަހުގެ 10:30 ގައި މިލަންދޫ ސްކޫލުގައެވެ.

6- މިކަމާއި ގުޅޭ ބީލަންފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   މިލަންދޫ ސްކޫލު

   ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

   ފޯން : 9994795

27 ފެބުރުވަރީ 2019
ހޯދާ