ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމާއިކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލިޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ތަމްރީން ޕްރޮގްރާމް ހިންގުމުގެ ސިޔާސަތުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދިނުމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް 2019 ވަނަ އަހަރު ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.މި ޕްރޮގްރާމުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމް ޤާއިމް ކޮށްދެވޭނީ މިކަމަށް އެދި ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައެވެ.
ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނެ ރަށެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:
- ހައްދާ ތަކެތި ގަތުމަށް ތައްޔާރަށް ތިބި ގެސްޓްހައުސްތައް ފަދަ ތަންތަން ހުރި ރަށަކަށްވުން. އަދި ތަރުކާރީގެ ބާވަތްތައް ރަށުން ބޭރުން މިހާރުވެސް އެތެރެކުރާ ރަށަކަށްވުން.
- އުފައްދާ ތަކެތި ގަތުމަށް އެކަށީގެންވާ ވަރުގެ އާބާދީއެއް އޮތް ރަށަކަށްވުން.
- އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ ކަމުގެ ޔަޤީންކަން ލިބިދީފައިވާ މިންވަރު.
- މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ގޮތް.
- ދަނޑުބިން ނިސްބަތުން ކުޑަ، ގޯތި ތެރެއިން މިމަސައްކަތަށް ޖާގަ ލިބޭނެ ރަށްރަށަށް އިސްކަން ދެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު:
|
އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207، 3339238 އަށް ގުޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
އެޕްލިކޭޝަންފޯމް ހުށަހެޅުން (އެޕްލިކޭޝަން ފޯމާއި އިތުރު މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުން ލިބިލައްވާނެ)
http://www.gazette.gov.mv (ގެޒެޓުގެ އާއްމު އިޢުލާންގެ ބައިން)
|
ސުންގަޑި: 7 މާރިޗު 2019ގެ 14:00ގެ ކުރިން
|
|