މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ވެސަލް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައި، އިންސްޓޯލްކޮށް އަދި ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވެސަލް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައި، އިންސްޓޯލްކޮށް އަދި ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

IFB No.: MV-MOFA-59568-GO-RFB

ސަސްޓެއިނަބުލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

Grant No.: D175-MV

1. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ވެސަލް މޮނިޓަރިންގ ސިސްޓަމެއް ސަޕްލައި، އިންސްޓޯލް އަދި ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ 732 ވެސަލް ލޮކޭޝަން ޑިވައިސަސް ސަޕްލައިކުރުމާއި އެތަކެތި އިންސްޓޯލްކޮށް އަދި 4 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދިނުމެވެ. 

3. މި މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް. ބްރޮވަރސް" ޖުލައި 2016 ގެ ރިވައިޒްޑް ނޮވެންބަރު 2017 އަދި އޮގަސްޓް 2018ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. މިބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 24 ފެބުރުވަރީ 2019 އިން 10 އޭޕްރީލް 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 12:00 އަށް މި މިނިސްޓްރީންނެވެ.

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  24 ފެބުރުވަރީ 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

7. މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 11,000.00 (އެގާރަ ހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ 170,000.00 (ސަތޭކަހަތްދިހަ ހާސް) ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ.

8. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 1300 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

9. ބީލަން ހުޅުވުން އޮންނާނީ 11 އެޕްރީލް 2019ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ނޭޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: +960 3349106 / +960 3349102

އީމެއިލް:  [email protected]  

ކޮޕީ: [email protected]

11. މި އިޢުލާން ތިރީގައިވާ ވެބްސައިޓްތަކުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

www.finance.gov.mv

www.devbusiness.com

www.gazette.gov.mv

 

26 ފެބުރުވަރީ 2019
ހޯދާ