ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން

ނަންބަރު: 16 /IUL)120/1/2019/

އިޢުލާން

 

ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން

2019 ވަނަ އަހަރު މިޑިޕާޓްމަންޓުން ހިންގާ އިމްތިޙާން ތަކުގެ ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 2019 މާރޗް 05 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން  މިޑިޕާޓްމަންޓް ހިނގަމުންދާ، ފިލާބިލްޑިންގ2 ގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.  

ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަމަށް އެދޭ އެޕްލިކޭޝަން ފޯމް، މިޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިޑިޕާޓްމަންޓުގެ ފޯނު ނަމްބަރު 3009393 އަށް ގުޅުން އެދެމެވެ. ޗީފު އިންވިޖިލޭޓަރުންނަށް ވުމަށްޓަކައި މިޑިޕާޓްމަންޓުން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

         19 ޖުމާދަލްއާޚިރާ 1440

         26 ފެބްރުއަރީ   2019

26 ފެބުރުވަރީ 2019
ހޯދާ