ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ބޮޑުތަކުރުފާނު މަގު،
ނ.މަނަދޫ
ނަންބަރ: (IUL)228-AB/228/2019/6
އިޢުލާނު
މަޤާމް ލޯންޗް ޑްރައިވަރ
މަޤާމްގެ ނަންބަރު: J-221822
ބޭނުންވާ އަދަދު: 1
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: SS3
މަޤާމްގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 3
ސެކްޝަން: އެޑްމިން އެޗް އާރ އެންޑް އިންފޮރމޭޝަން ޔުނިޓް
މަޤާމް އޮތް އޮފީސް: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
މުސާރަ: -/3875 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)
ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
ސަޕޯޓިންގ ކޯ އެލަވަންސް: -/1200 (އެއްހާސް ދުއިސައްތަ ރުފިޔާ)
އިތުރު އިނާޔަތްތައް: 1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.
މަޤާމްގެ މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް: 1. އަތޮޅުކައުންސިލްގެ އިދާރާގެ ލޯންޗްގައި ކުރަންޖެހޭ އެންމެހާ ދަތުރުތައް ކަމާބެހޭ ސެކްޝަން
/ ޔުނިޓުން އަންގާ ގޮތެއްގެ މަތިން ކުރުން.
2. ލޯންޗާއި، ލޯންޗުގެ އިންޖީނުތައް ސާފުކޮށް ބެލެހެއްޓުމާއި، އިންޖީނުގެ ތެޔޮބަދަލު ކުރަންޖެހޭ
މުއްދަތު ގައި އިންޖީނުތަކުގެ ތެޔޮބަދަލުކުރުން.
3. ލޯންޗާއި އިންޖީނަށް ދިމާވާ މައްސަލަތައް ކަމާބެހޭ ޔުނިޓާއި ވާހަކަ ދައކައިގެން މަރާމާތުކުރުމުގެ
މަސައްކަތްކުރުން.
4. ލޯންޗް ފަޅުގައި އޮންނައިރު ދުވާލަކު އެއްފަހަރު ފަޅުވެރިންނާއެކު ލޯންޗަށްގޮސް ލޯންޗް ސާފުކުރުމާއި
ވާވެލާވެލި ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް ރަނގަޅުކުރަންޖެހޭނަމަ ރަނގަޅުކުރުން.
5. މަދުވެގެން ހަފްތާއަކު ދެދުވަހު ފަޅުވެރިންނާއެކު ގޮސް ލޯންޗް އުނގުޅާ ފެހިކަހާ ސާފުކުރުން.
6. ދަތުރުތައް ކުރުމުގައި ސަލާމަތާއި ރައްކާތެރި ވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
7. ލޯންޗްގައި ކޮންމެދުވަހަކުވެސް ދަތުރުކުރެވޭނެގޮތަށް ތެލާއި، ބޯފެން ފަދަ ދަތުރަށް ބޭނުންވާނެ ސާމާނު
ހަމަކޮށް ކުއްލިޙާލަތުގައިވެސް ދަތުރަށް ފުރޭގޮތަށް ލޯންޗް ތައްޔާރުކޮށް ދަތުރުކުރެވޭގޮތަށް ބޭއްވުން.
8. ލޯންޗްގެ ސަލާމަތީ ސެޓްފިކެޓް ޤަވާއިދާ އެއްގޮތަށް ކަމާބެހޭ ސެކްޝަން/ ޔުނިޓަށް ހުށަހަޅައިގެން
މުއްދަތު ހަމަނުވަނީސް ހެއްދުން.
9. ދަތުރުތަކުގައާއި ލޯންޗް އަޅާފައި އޮންނައިރު ލޯންޗް ބެލެހެއްޓުން.
10. ލޯންޗުގައި ހުންނަ ޖީޕީއެސް ، ސީބީ ސެޓް، އަލިފާން ނިވާ ފުޅި ފަދަ އެންމެހާ ތަކެތި ރައްކާތެރި
ކަމާއެކު ބެލެހެއްޓުން.
11. ލޯންޗްގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ސަރުކާރުގެ ޤަވާޢިދުތަކާ އެއްގޮތަށް ބެހެއްޓުން.
މީގެ ތެރޭގައި ލޯންޗްގެ ސަލާމަތީ ސެޓްފިކެޓާއި، ފަސިންޖަރުން އުފުލާ ސެޓްފިކެޓްގެ މުއްދަތު
ހަމަވޭތޯ ބެލުމާއި، ލައިފްޖެކެޓް ހަމަކޮށް ބެހެއްޓުން ހިމެނެއެވެ.
12. ވިއްސާރަ ވައިގަދަ މޫސުމުގައި ފަޅުގައި އަޅާފައި އޮންނައިރުވެސް ޚާއްސަކަމެއް ދީގެން ލޯންޗް
ބެލެހެއްޓުން.
13. ސެކްޝަން / ޔުނިޓްތަކުގެ މަސައްކަތްތަކުގައި މުވައްޒަފުން ބޭނުންވާ އެހީތެރިކަން ދިނުން.
14. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ، އިދާރާގެ މަސައްކަތްތަކުގެ ތެރެއިން
ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމްގެ ޝަރުތުތައް: މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް ހާސިލުކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި
2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެޤާބިލު 1. ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު
ފަރާތެއް ހޮވުމަށް ބެލޭނެ 2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
ކަންތައްތައް: 3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ
ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ
މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ
އަދާކުރާ އޮފީހުގެ ލިޔުން.
(ހ) ދައުލަތުގެމުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައި
ވާނަމަ،އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށްއެ އޮފީހަކުން
ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި
މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް
އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތްއަންގައިދޭ ރެފަރެންސް ޗެކްފޯމް.
މަޤާމަށް އެދެންވީގޮތާއި ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ
ސުންގަޑި: ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10
މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް
އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]
އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ
އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް
ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު އޮނާނެ މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 މާރޗް 2019 އާއި 26 މާރޗް 2019 އާއި
ތަނާއި، މުއްދަތު: ދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި
އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް
ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައްޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުންހޮވުމަށް
ކަނޑައަޅާފައިވާ ކްރައިޓީރިއާގެ މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %35
ހުރިހާބަޔަކުން އެންމެދަށްވެގެން (ތިރީސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.
ލިބެންޖެހޭ ޖުމުލަ އިންސައްތަ:
އިތުރުމަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ
[email protected] އަށެވެ.
19 ޖުމާދަލްއާޚިރާ 1440
24 ފެބުރުވަރީ 2019