ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާއިން 04 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ލިޔުމެއް ހުށަހަޅާ ގޮތަށް ހަމަޖެއްސުމާއި ބެހޭ
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެއުޅަނދު ބާއްވާނެ ގަރާޖެއް ހުށަހަޅަން ޖެހެއެވެ. އަދި އެގޮތުން ރަށްރަށުގައި ރޖިސްޓްރީ ކުރެވޭ އުޅަނދުގެ މަޢުލޫމާތު ވަކިވަކިން ބަލަހައްޓަންޖެހެއެވެ. މިކަން ކުރެވޭނީ ކައުންސިލްތަކުގެ ދައުރު މިކަމުގައި ހިމަނުއްވައިގެން ކަމުގައިވާތީ 2019 ފެބުރުއަރީ 1 ވަނަ ދުވަހުން ފެށިގެން 4 ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރަން ހުށަހަޅާނަމަ ރަށު ކައުންސިލްތަކުން ދޫކުރާ ގަރާޖުގެ ލިޔުމެއް ހުށަހެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ސަރކިއުލަރ 2019 ނަންބަރު 202-L/CIR/2019/7 (29 ޖެނުއަރީ 2019) އިން އަންގަވައިފައިވާތީ އެކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ޖުމާދަލް އާޚިރް 1440