Maldives
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް
ނައިފަރު
ދިވެހިރާއްޖެ
G2C-A/2019/2 |
ވަޒީފާގެ ފުރުޞަތު |
||
25 ފެބްރުއަރީ 2019 |
|||
ރޭންކް: ޖީ.އެސް 3 |
ކޯޓު އޮފިސަރ |
މަޤާމް |
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
1 (އެކެއް) |
އަދަދު |
|
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް / ޅ.ނައިފަރު (ލީގަލް ސެކްޝަން) |
ވަޒީފާ އަދާކުރަންޖެހޭ ތަން |
||
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
އަސާސީ މުސާރަ |
||
- ސަރވިސް އެލަވަންސް: -/1500ރ. (ފަނަރަސަތޭކަ ރުފިޔާ) |
މިމަޤާމަށް ލިބޭ އެލަވަންސް
|
||
- ލިވިންގ އެލަވަންސް: -/2550ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) |
|||
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 |
|||
- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
|||
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ |
|||
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
އަސާސީ ޝަރުތު |
||
1. މެޖިސްޓްރޭޓްގެ ލަފާގެމަތިން މައްސަލަ ޝެޑިއުލްކުރުމާ، އެކި ފަރާތްތަކުން އަންނަ މެސެޖްތަކާ ގުޅިގެން ނަގަންޖެހޭ ބަޔާންތައް ނެގުމަށް ޝެޑިއުލްކުރުން. 2. ކޯޓަށް ޙާޟިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ޙާޟިރުވުމުގެ ޗިޓް) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުނުވާ މީހުންނާ ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ތަތްކުރުން. 3. މުއްދަތު މަޖްލިސް ބެލެހެއްޓުމާ، ހައްޔަރު، ބަންދު އަދި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިދާރީ ކަންކަން ކުރުން. 4. މަޙްޟަރު ބަޔާންތައް ފުރިހަމަކޮށް ސޮއިކުރުވުމާ، މައްސަލައިގައި ޙާޟިރުވަނީ މައްސަލައިގެ ޚަސްމުންކަން ޔަޤީންކުރުން 5. ޝަރީއަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުން. 6. ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން 7. ކޯޓަށް ޙާޟިރުވީ ފަރާތްތަކާ ނުވީ ފަރާތްތައް ފާހަގަކޮށް ކޯޓު އަމުރުފޮތް އަޕްޑޭޓްކުރުން 8. މެޖިސްޓްރޭޓްގެ ލަފާގެމަތިން ކޯޓް ކަލަންޑަރު ތައްޔާރުކޮށް، ހިންގޭނެ ނުހިންގޭނެ މައްސަލަ ފާހަގަކޮށް ކޮންމެ ދުވަހަކު މެޖިސްޓްރޭޓާ ޙިއްސާކުރުން. 9. ކޯޓަށް ޙާޟިރުކޮށްފައި ތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ އެކަން ހުއްޓުވުން 10. ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވާ، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމްކުރަން މަސައްކަތްކުރުން އަދި މިކަން އިދާރީ އެންމެ އިސްވެރިއެއްގެ ސަމާލުކަމަށް ގެނައުން. 11. ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖުރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން. 12. މަޙްޟަރު ބަޔާންތަކުގެ މާސްޓަރ ފައިލް އަޕްޑޭޓްކޮށް ކޮމްޕައިލްކުރުން. 13. ޝަރުޢީ ސެކްޝަނުގެ މުވައްޒަފެއް ޙާޟިރު ނުވެއްޖެ ހިނދެއްގައި، ކޯޓުން ޢާއްމު ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ބުރޫ ނާރާގޮތަށް އެމުވައްޒަފެއްގެ މަސައްކަތްކުރުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު |
||
· ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް (މިފޯމް ނައިފަރު މެޖިސްޓްރޭޓް ކޯޓުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. · ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) · ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ. · މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) · ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) · ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭގޮތަށް އެމުވައްސަސާއަކުން ދޫކޮށްފައިވާ އެމުވައްސަސާގެ ތައްގަނޑުޖެހި ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) · ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާ، އީމެއިލް އެޑްރެސްއާއެކު)
|
ހުށަހަޅަންޖެހޭ ތަކެތި |
||
05 މާރޗް 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފާދިއްޕޮޅުނައިފަރު މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންވާނެއެވެ. |
ސުންގަޑި |
||
ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ: - ލިބިފައިވާ ތައުލީމް: %30 - މަސައްކަތުގެ ތަޖްރިބާ: 10% - މަސައްކަތަށް ބޭނުންވާ ހުނަރު : 10% - އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް): %50 |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
||
1. މިމަޤާމުގެ އިންޓަރވިއު ކުރެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރު ހުރި މިންވަރެއް ބެލުމަށް ޢަމަލީ އިމްތިހާނެއް ދެވޭނެއެވެ. 2. މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620366 3. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. 4. އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ. |
އިތުރު މަޢުލޫމާތު |
||
20 ޖުމާދަލްއާޚިރާ 1440
25 ފެބްރުއަރީ 2019