ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ GS4

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ GS4
ބޭނުންވާ އަދަދު :1

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޢަދަދު

01 (އެކެއް)

ރޭންކް

ޖީ.އެސް 4

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، މަތީ ސާނަވީ އިންތިޙާނަކުން 3 މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މިމާއްދާއިން ދަށްވެގެން [ސީ] ލިިބިފައިވުމާއެކު، ޖީ.އެސް 3 ރޭންކްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2-     މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން، ނުވަތަ

3-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-  ކޯޓަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން.

2-  ޝަރީޢަތާއިގުޅޭ ކަންކަމުގައި ޙާޟިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާއި ގުޅުންހުރި މުއާމަލާތްތައް ހިންގުން.

3-  ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ދަޢުވާލިބޭ ފަރާތްތަކަށް މައްސަލައާއިގުޅޭ މަޢުލޫމާތު ދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

4-  ރެކޯޑިންގ ބަޔާންތައް ލިޔުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1-     ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-     މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

6-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

7-     ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

ސުންގަޑި

06 މާރިޗު 2019 ވަނަ ދުވަހުގެ 13:00

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
25 ފެބުރުވަރީ 2019
ހޯދާ