ދިވެހިރާއްޖެ
c
ނެއްލައިދޫ ސްކޫލް
ހދ. ނެއްލައިދޫ، ދިވެހިރާއްޖެ
GS93/I/2019/09: ނަންބަރ |
ތާރީޚް: 25 ފެބުރުވަރީ 2019 |
ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން
މަޤާމު: ރިލީފް ޓީޗަރ
ގިންތި : ކޮންޓްރެކްޓް
ބޭނުންވާ އަދަދު: 01
މަޤާމުގެ ނަން |
ޢަދަދު |
ޓީޗަރ (ސޯސަލް ސްޓަޑީޒް) |
1 |
ރިލީފް ޓީޗަރގެ މަޤާމަށް ކުރިމަތިލާ މީހުންނަކީ ، ކަނޑައެޅިފައިވާ މާއްދާތައް ނަގައިދެވުމާއެކު ޕްރައިމަރީ ގަޑިތައް ނަގައިދެވޭނެފަދަ ޤާބިލް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހަކަށްވާން ވާނެއެވެ.
ނޯޓް : ރިލީފް ޓީޗަރ ކޮންޓްރެކްޓް ކުރެވޭނެ މުއްދަތަކީ 3 މަސް ދުވަހެވެ.
1.މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް : ނެއްލައިދޫ ސްކޫލް /ހދ.ނެއްލައިދޫ
2.މިމަޤާމްތަކުގެ މުސާރަ / ޝަރުތު:
ކޮންމެމަހަކު ތިރީގައި ބަޔާންކުރާ މުސާރަ އާއި ސަރވިސް އެލަވަންސް.
ތަޢުލީމީ ފެންވަރު |
މުސާރަ (މީލާދީ މަހަކަށް ) |
ސަރވިސް އެލަވަންސް ( މީލާދީ މަހަކަށް ) |
މަގާމުގެ ރޭންކް |
މަގާމުގެ ކްލެސިފިކޭޝަން |
ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން |
4500 |
1500 |
ޖީ.އެސް 3 |
އޮފިސަރ ގރ.1 |
މަތީޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން |
5500 |
1500 |
އެމް.އެސް 1 |
ސީނިއަރ އޮފިސަރ ގރ.1 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
6090 |
2500 |
ސީ.އެސް 9 |
ސީނިއަރ އޮފިސަރ ގރ.2 |
ނޯޓް : * ޘާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނީ ގްރޭޑް 10 ނިންމައި ލީވިން ސެޓްފިކެޓް ނުވަތަ ގްރޭޑް 10 ނިންމައި ޘާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
- މަތީޘާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނީ ގްރޭޑް 12 ނިންމައި ލީވިން ސެޓްފިކެޓް ނުވަތަ ގްރޭޑް 12 ނިންމައި މަތީޘާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
- ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ޘާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
3.ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:
(1) ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުން.
(2) ޓައިމްޓޭބަލްއާ އެއްގޮތަށް ކިޔަވައިދިނުން
(2) ސްކޫލްގެވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް،ދަރިވަރުންގެ ނަތީޖާގެފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
(3) މުޖްތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.
(4) ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކްލާހުގަޔާއި ކްލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
(5) ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން
(6) ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.
4.ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށް ބެލޭނެކަންތައްތައް.
* ތަޢުލީމާއި ތަމްރީން
* މަސައްކަތުގެ ތަޖުރިބާ
* ލިބިފައިވާ ހުނަރު
5.އިންޓަރވިއު
1. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 މާރިޗު 06 އާއި 2019 މާރިޗު 09 އާ ދެމެދުގެ ތާރީޚެއްގައި ނެއްލައިދޫ ސްކޫލްގައެވެ. ވީމާ މިމަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިބުމަށް ދަންނަވަމެވެ.
6.މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.
* ސުންގަޑި
2019 މާރިޗު 06 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކާއިއެކު ވަޒީފާއަށްއެދޭ ފޯމް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުނންނާއި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމާ، އެ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
7. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން އަދި ފެކުސް : 6520534