ދިވެހިރާއްޖެ
އިޢުލާން
އައިޓީ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
މި އޮތޯރިޓީގެ ބޭނުމަށް އޮތޯރިޓީގެ އައިޓީ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް (ވެލާނާގެ 11 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިއޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމާއިގުޅޭ އިތުރު މައުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް www.caa.gov.mv (ޓެންޑަރ ސަފުހާ http://caa.gov.mv/beta003/procurement (އިން ލިބިވަޑައިގަންނަވާނެއެވެ.
25 ފެބްރުއަރީ 2019