ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލަށް މަސައްކަތު މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރ GS-180/2019/010 އިޢުލާން ބާތިލްކޮށް މި މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-126519، J-227714 |
ބޭނުންވާ ޢަދަދު: |
2 (ދޭއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަޑިފުށީ ސްކޫލް، ތ. މަޑިފުށި |
މުސާރަ: |
3100.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1000.00 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް1: |
1200.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލުގެ ގޯތިތެރެއާއި ގޯތީގެ ވަށައި މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 2. ސްކޫލުގެ އޮފީސް ޢިމާރާތާއި ކްލާސްރޫމްތަކާއި އެހެނިހެން ރޫމްތަކުގެ ދޮރާއި ދޮރުފަތްތަކާއި، ފަންކާތަކާއި، ތަޅުންގަނޑު ކުނިކަހާ ފޮޅައި މޮޕްކޮށް ސާފުކުރުން. 3. ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން. 4. ސްކޫލުގައި ހުރި ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން. 5. ސްކޫލުން ބާއްވާ އެކިއެކި ހަރާކާތްތަކަށް ސުކޫލުގެ ހޯލާއި ގޯތިތެރެ ގޮނޑިޖަހާ ތައްޔާރުކުރުން. 6. ސްކޫލުގެ ފުރާޅާއި ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއި އަދި ބޯފެންތާންގީތަށް ސާފުކޮށް ފެންނެގުން. 7. ސްކޫލުގެ ގޯތިތެރޭގައިވާ ގަސްތައް ކޮށައި ބެލެހެއްޓުން. 8. ކްލާސްރޫމްތަކާއި އޮފީހާއި ސްކޫލުގެ ގޯތިތެރޭގައިވާ ބޮކިތައް އެންދުމުން ބަދަލުކޮށް ބެލެހެއްޓުން. 9. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށްހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކައްތައްކުރުން. |
||||||||||||||||||||||||||||
މަޤާމުގެ ޝަރުތުތައް: |
|
||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރިޗް 2019 ވާ ބުދަ ދުވަހު 12:00 ގެ ކުރިން މަޑިފުށީ ސްކޫލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމް ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި މިސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ކުރައްވާނަމަ އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||
އިންޓަވިއު އޮންނާނެތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 މާރިޗް 2019 އާއި 12 މާރިޗް 2019 އާ ދެމެދު މަޑިފުށީ ސްކޫލްގައެވެ. |
||||||||||||||||||||||||||||
ޝޯޓް ލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6780568 ފޯނަށް ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.