ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2019/6
އިޢުލާން
މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ބޭނުންވާ މީހުންހޯދުން.
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކުރުމަށާއި، ކައުންސިލްގެ މުނިސިޕަލް އެހެނިހެން މަސައްކަތްތައް ކުރުމަށް ކައުންސިލްގެ މުނިސިޕަލް ފޯސްއެއް އެކުލެވާލުމަށް ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު |
މަޤާމް ނަމްބަރު: |
- |
ބޭނުންވާ ޢަދަދު : |
1 (އެކެއް) ( ފިރިހެން ) |
މަޤާމުގެ ގިންތި: |
- |
މަޤާމުގެ ކްލެސިފިކޭޝަން: |
މަސައްކަތު |
ސެކްޝަން: |
މުނިސިޕަލް ސަރވިސް ސެކްޝަން |
ޚިދުމަތް ދޭންޖެހޭ އޮފީސް: |
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލް އިދާރާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލް އިދާރާ |
މުސާރަ: |
މަހަކު -/3100 ރ |
ސާރވިސް އެލަވަންސް: |
|
އެޓެންޑެންސް އެލަވަންސް |
މަސައްކަތު ނުކުންނަކޮންމެދުވަހަކަށް -/40 ރ |
މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އިޖުތިމާއީ ސަރަޙައްދުތައް ސާފުކުރުން 2- ފިނި އަށިތަކާ ފިނިހިޔާތަކާއި ބުރުތައް ސާފުކޮށް ބެލެހެއްޓުން. 3- އެކި އެކި ޙަފްލާތަކަށާއި ރަސްމިއްޔާތަކަށް ތައްޔާރު ވުމުގައި އެހީތެރި ކަމާ އެއްބާރުލުން ދެއްވުން. 4- ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތައް ފޮޅައި، ސާފުކުރުމުގެ މަސައްކަތަށް އެހީތެރިކަން ދިނުން. 5- ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގައި އެއްބާރުލުމާ އެހީތެރިކަން ދިނުން. 6- މީގެ އިތުރުން ކައުންސިލު އިދާރާއިން އަންގާ މަސައްކަތްތައް ކުރުން. 7- ކައުންސިލުން ހިންގާ ތަފާތު މުބާރާތްތަކަށް އެހީތެރިވުން. 8- އޯޕަން ސުޓޭޖް، ކުޅިވަރުކުޅޭ ތަންތަން އަދި ޕާކް ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން. 9- ޑަސްބިންތައް ނަގައި އުކާލުން. 10- ރަށުޕިކަޕުގައި ކުނިގޮޑަށް ގެންދެންޖެހޭ ތަކެތި ގެންދިއުން. 11- މަގާއި ބަނދަރު ބައްތިތައް މަރާމާތު ކުރުމުގައި ދޭންޖެހޭ އެއްބާރުލުން ދިނުން. 12- ސަރުކާރާއި ރައްޔިތުންގެ ޢިމާރާތް ތަކުގައި ކުލައާއި، ދަވާދުލުން. 13- ގަބުރުސްތާނު ނޮޅައި ސާފުކޮށް ބެލެހެއްޓުން. |
މަސައްކަތުގެ ޝަރުތައް: |
1- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން (އަސާސީ ތަޢުލީމް ހުރިކަމަށް ބަލާނީ ގްރޭޑް 7 ނިންމާފައިވުން) 2- ޝަރުތު ފުރިހަމަނުވާ ފަރާތްތަކުންވެސް މި ކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހުން ހޮވާނީ ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތުގެ ތަޖްރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ. 3- އުމުރުން 18 އަހަރު ނުވާ ކުއްޖަކު މިކަމަށް އެދި ހުށަހަޅާނަމަ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ އޮންނަށް ޖެހޭނެއެވެ. |
މަސައްކަތަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް، ތިލަދުންމަތީ ކުމުންދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ) 2- ޚިދުމަތް ދިނުމަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- އެއްބަސް ވުމެއް އޮވެގެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާނަމަ މި މަސައްކަތަށް ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ސްކޫލު ލީވިންގ ސެޓްފިކެޓްގެ ކޮޕީ. 6- ތަޢުލީމީ ދާއިރާއަކުން ދޫކޮށްފައިވާ އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގޭ ކަމުގެ ލިޔުމެއްގެ ކޮޕީ: ނުވަތަ ގްރޭޑް 7 ނަތީޖާ ޝީޓް (ހ) އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒިފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފިހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރައެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން |
މަސައްކަތު މީހެއްގެ ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި: |
މަސައްކަތު ވަޒިފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް (ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށެވެ. އެޕްލިކޭޝަން ފޯމާއި،ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މަސައްކަތު މީހުންގެ ވަޒީފާއަށް އެދޭ ފަރާތްތައް، އިންޓަވިއު ކުރުން އޮންނާނީ 01 މާރޗް 2019 ވަނަ ދުވަހުގެ 13:30 ގައި މިއިދާރާގައެވެ. ވުމާއެކު މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ޝޯޓް ލިސްޓް ކުރުން: |
މަސައްކަތު ވަޒީފާއަށް އެދި 10 ބޭފުޅުންނަށް ވުރެން ގިނައިން ހުށަހަޅުއްވައިފިނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ: |
މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
އިތުރު މައުލޫމާތު ސާފް ކުރުމަށް ބޭނުން ފުޅުވާނަމަ، މިއިދާރާގެ ނަންބަރު (ފޯނު:6520034) އާއި ގުޅުއްވުން އެދެމެވެ. |