ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/053
އިޢުލާން
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ކްރޭންކް ސީލް ގަތުމާއި ގުޅޭ:
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ކްރޭންކް ސީލް ގަންނަން ބޭނުންވެއެވެ. މި ތަކެއްޗަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މި ބިޑްގައި ބައިވެރި ވެވޭނީ "ކަމިންސް ޖެނުއިން އޮތޮރައިޒް ސެޓިފެކްޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއް އޮންނަފަރާތަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ.
|
|
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ދިނުން |
03 މާރިޗް 2019 ގައި |
13:00 |
|
އަގު ހުށަހެޅުން |
10 މާރިޗް 2019 ގައި |
11:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް، "ކަމިންސް ޖެނުއިން އޮތޮރައިޒް ސެޓިފެކްޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއްނެތް ފަރާތަކުގެ އަންދާސީ ހިސާބު އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
19 ޖުމާދަލް އާޙިރާ 1440
24 ފެބްރުއަރީ 2019
