ބާރަށު މަދަރުސާ
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ އެޕާރޓްމެންޓެއް ހޯދުމަށް

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރ 123-C3/GS-76/2019/2 އެންގުމުން މި ސުކޫލުގެ ނަންބަރ GS76/IUL /2019/06 އިޢުލާނު ބާޠިލުކޮށްފައިވާތީ، މިދެންނެވި އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

 

       މިސުކޫލުގެ  އިސްވެރިޔާ ހުންނެވުމަށް 2 (ދެއެއް) ކޮޓަރީގެ އެޕާރޓްމަންޓެއް (ވަކިންހުރި އެހެންބަޔަކު ނޫޅޭ ކަރަންޓު ވަކިކޮށްފައިވާ) ކުއްޔަށް ހިފަންބޭނުންވެއްޖެއެވެ. ވީމާ އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 03 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 މާރޗް 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް މިސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6500527 ނަންބަރު ފޯނާއެވެ.            

                        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ފެބުރުވަރީ 2019
ހޯދާ