ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް 24 އެސްއައިޕީ ފޯން ގަތުމަށް 17 ފެބްރުއަރީ 2019 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން ނަންބަރު IUL)474/1/2019/16) އަށް އެކަށީގެން ވާ ވަރަށް ތަރުޚީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލް ކޮށް އަލުން މިތަކެތި ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގު ވެރި ވެލައްވަވާ ފަރާތް ތަކުން 03 މާރޗް 2019 ވާ އާދީއްތަ ދުވަހު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) 10:00 ގައި ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމް މިއޮފީހުގެ ވެބްސައިޓް، www.mcst.gov.mv ގައި ޝާއިއު ކުރެވިފައިވާނެއެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
19 ޖުމާދުލްއާޚިރް 1440
24 ފެބްރުއަރީ 2019