ދިވެހިރާއްޖެ
`
ނެއްލައިދޫ ސްކޫލް
ހދ.ނެއްލައިދޫ ،ދިވެހިރާއްޖެ. ނަންބަރު : GS93/I/2019/08
އިޢުލާން.
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިސްކޫލުގެ ނަންބަރު GS93/I/2019/06 ( 10 ފެބުރުވަރީ 2019 ) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ލިބިފައިނުވާތީ ، މިދަންނަވާ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ހުޅުވާލަމެވެ.
ވީމާ މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ހޯލް އިމާރާތުގެ ސީލިން މަރާމާތުކުރުން
- އޮފީސް އިމާރާތުގެ ފާޚާނާ މަރާމާތުކުރުން
- ދެކްލާސްރޫމް ފުރާޅުގެ ފެންފަށާއި ދިޔަދޮވި ބަދަލުކުރުން
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 28 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 މާރިޗު 06 ވާ ބުދަ ދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ފެބުރުވަރީ 2019
19 ޖުމާދަލްއާޚިރާ 1440