މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޓަރި ކުއްޔަށް ހިފުން

އަތޮޅު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތަށް ތުލުސްދޫއަށް ދުރުވާ ދަރިވަރުންނާއި އޮފިޝަލުން ތިބުމަށް ދުވާލަކަށް 500/- ( ފަސްސަތޭކަ ) ރުފިޔާއަށްވުރެ ބޮޑުނުވާ އަގަކަށް  ( އެއަކޮންޑިޝަން ކޮޓަރި ) 2019 މާރިޗު 07 ން 2019 މާރިޗު 10 ށް ( ތިންރެއަށް ) ކުއްޔަށް ދޫކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 2019 ފެބްރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ ކުރިން އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑުގެ ނަކަލް، ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ނަކަލާއިއެކު 10:30 ން 13:30 އަށް މިއިދާރާއަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2019
ހޯދާ