ދިވެހިރާއްޖެ
ބ. މާޅޮހު ޞިއްޙީމަރުކަޒުގެ މަސައްކަތު މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
މަޤާމު |
މަސައްކަތު |
މަޤާމުގެ ނަންބަރު |
J-257010 |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން |
ސަޕޯރޓް ސްޓާރފް ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ބ. މާޅޮހުޞިއްޙީމަރުކަޒު / ބ. މާޅޮސް |
މުސާރަ |
-/3100ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ ) |
ސަރވިސް އެލަވަންސް |
-/1000ރ ( އެއްހާސް ރުފިޔާ ) |
އެހެނިހެން އެލަވަންސް: |
- ސަޕޯޓިންގް ކޯ އެލަވަންސް (މަހަކު -/1200 ރުފިޔާ) - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތްތައް ޞިއްޙީމަރުކަޒުގެ ގޯތިތެރެ ، މަގުމައްޗާއެކު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ޞިއްޙީ މަރުކަޒުގެ އެތެރެ ކުނިކަހާ ، މޮޕްއަޅާ ސާފުކުރުމާއި، އަދިދޮރުތަކާއި ދޮރުފަތްތައް ސާފުކުރުމާއި، އިމާރާތުގައި ހަރު ކުރެވިފައިވާ ފަންކާ، ހޮޅިބުރިފަދަ ތަކެތި ފޮހެ ސާފުކުރުން ޞިއްޙީމަރުކަޒުގ އެތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީސް ފަދަ ތަކެތި ފޮހެ ސާފުކުރުން ޞިއްޙީމަރުކަޒުގައި ބަލިމީހުން ބެނުންކުރާ އެނދުތައް ޑިސްއިންފެކްޓް ކުރުމާއި، އެނދު ގެތަންމަތި ބަދަލު ކުރުން،ވޯޑު، ޑްރެސިންރޫމް ފަދަ ތަންތަނުން ނައްތާލަންޖެހޭ ކުނި ދުވަހުން ދުވަހަށް އިންސިނަރޭޓް ކުރުން ބަލިމީހުންނަށް ބޭނުންކުރާ އިކްއިޕްމަންޓްސްފަދަ ތަކެތި ސާފުކުރުމާއި، އެތަކެތި ނަރުހުން ބެލުމުގެ ދަށުން ސްޓެރައިލްކުރުން ޞިއްޙީމަރުކަޒުގައި ރަސްމީ ދިދަ ނަގާ ތިރިކުރުން ޞިއްޙީމަރުކަޒުން ދޮންނަންޖެހޭ ތަކެތި ދޮވުމާއި ،އިސްތިރި ކުރުން ޞިއްޙީމަރުކަޒުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، މަރުކަޒަށް ގެންނަންޖެހޭ ތަކެތި ގެނައުން އެޓެންޑެންޓް މީހާ ޗުއްޓީ ނަގައިފި ނަމަ މަރުކަޒުން ހަވާލު ކުރާ މަސައްކަތްތައް ކުރުން މީގެ އިރުން މަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުމާއި، އެހެން މީހުންގެ މަސައްކަތުގައި އެހީތެރިވުން |
މަޤާމުގެ ޝަރުތުތައް |
1 – ލިޔަންކިޔަން އެނގުން، ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 މާރިޗް 2019 ގެ 13.00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރިޗް 2019 އާއި 14 މާރިޗް 2019 އާ ދެމެދު، ބ. އަތޮޅު ހޮސްޕިޓަލުގައެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ [email protected]އަށެވެ. |