ދިވެހިރާއްޖެ
146-A1/2019/38:ނަންބަރު
އިޢުލާން
މަޤާމު: |
ކޮމްޕިއުޓަރ ޓެކްނީޝަން |
ބޭނުންވާ ޢަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
މަސައްކަތްކުރަންޖެހޭ ތަން: |
ފެމިލީ ކޯޓު / އައިޓީ އެންޑް ކޮމިއުނިކޭޝަން |
އަސާސީ މުސާރަ: |
-/5610 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު). - އިތުރުގަޑީގެ ފައިސާ: އިތުރުގަ ޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުންރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، ޖީ.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެ އެކަށޭނަ އަ.އި.ޓީ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް ބެލެހެއްޓުމުގެ މަސައްކަތް ސެކްޝަން ވެރިންގެ އިރުޝާދުގެ ދަށުން ކުރުން. - އޮފީހުގެ މަސައްކަތަކާއި ގުޅިގެން ހޯދާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ބެލެހެއްޓުމުގެ މަސައްކަތް. - ނެޓްވާރކް އެޅުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުން. - އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި އެހެނިހެން އައި.ޓީ ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް އެހެން ސެކްޝަންތަކާއި ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުން. - އައި.ސީ.ޓީ ސިސްޓަމްސްއާއި ޕެރިފެރަލްސް އިންސްޓޯލްކޮށް ކޮންފިގާރ ކުރުމާއި އެ ތަކެތި މެއިންޓެއިން ކުރުން. - އެކްސެސް ކޮންޓްރޯލް ސިސްޓަމްސް، އެޓެންޑަންސް ސިސްޓަމް ބެލެހެއްޓުމާއި، ކާޑް އިޝޫކުރުން. - އައި.ސީ.ޓީ ސާވާރ ރޫމުގެ ސެކިއުރިޓީއާއި، ސާވާރ އެންވައިރޯންމެންޓް ރަނގަޅަށް ބެލެހެއްޓުން. - ސާވާރ އަދި ސްޓޯރޭޖް އިންސްޓޯލްކުރުމާއި މެއިންޓެއިން ކުރުން، އަދި މިފަދަ ތަކެތީގެ ބެކަޕް ނެގުން. - ޔޫސާރ އެކައުންޓްސް، ޔޫސާރ ރައިޓްސް އަދި މެއިލް އެކައުންޓަސް ހަދައިދީ، އެ ތަކެތި ބެލެހެއްޓުން. - އޮފީހުގެ ވެބްސައިޓްގެ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމާއި އަދި ޑެއިލީ އަޕްޑޭޓް ގެނެއުން - ޖެމްސް އިން ނަންބަރު ނެގުމާއި ޖެމްސް މެދުވެރިކޮށް ސެކްޝަންތަކަށާއި އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ، ފޯމު ވެރިއެއްގެ ހުއްދައާއެކު ފޮނުވުން. - ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ނުވަތަ ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުން. - އައި.ސީ.ޓީ ޕޮލޮސީ އެންޑް ޕްރޮސީޖަރާ އެއްގޮތަށް މަސައްކަތް ކުރުން. - މީގެ އިތުރުން ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ. - ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ ފަރާތްތައް އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. - އެޓެސްޓް ކޮށްފައިނުވާ ލިޔެކިޔުންތައް ވެސް އެޕްލިކޭޝަން އާއެކު ބަލައިގަންނާނެއެވެ. އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީ ހުށަހަޅާނަމަ ހުށަހަޅަންވާނީ ރަނގަޅަށް އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީއެވެ. |
ސުންގަޑި: |
05 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- މިމަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މިމަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތުފުރިހަމަ ނުވާކަމަށް މިކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މިވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |