ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2019/05

 

ތާރީޚް: 21 ފެބްރުއަރީ 2019

 

 


މަޤާމު

ޕްރޮގްރާމް އޮފިސަރ

ރޭންކް: ޖީ.އެސް.3

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: ރިހެބިލިޓޭޝަން/ އެންފޯސްމެންޓް ސެކްޝަން

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

-/4,465 ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

   ނުވަތަ،

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް. 2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

  • ކޯޓުން ކަނޑައަޅާ ޕްރޮގްރާމެއްގައި ބައިވެރިވެ ފަރުވާ ހޯދުމަށް އެއްބަސްވާ ފަރާތްތަކަށް ބޭނުންވާ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ކުރާ އަމުރުތަކާގުޅޭ އިދާރީ މަސައްކަތްކުރުން.
  • ކޯޓުގެ ފަރާތުން ފަރުވާއަށް ފޮނުވާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ފަރުވާގެ ޕްރޮގްރާމްތަކާގުޅޭ އިދާރީ މަސައްކަތްކުރުން.
  • ޙުކުމްކުރެވޭ ފަރާތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • ކަނޑައެޅިފައިވާ މުއްދަތުގައި ރީހެބިލިޓޭޝަން ހަމަޖެއްސެންނެތް ފަރާތަކާ ގުޅޭ މަޢުލޫމާތު ކަމާގުޅޭ ސެކްޝަންތަކަށާއި ފަރާތްތަކަށް ދިނުން.
  • ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކާ ގުޅޭގޮތުން ހޯދަންޖެހޭ ރިޕޯޓްތައް ހޯދުމުގެ މަސައްކަތްކުރުން.
  • ފަރުވާއަށް ފޮނުވާ ފަރާތްތައް ކޯޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފަރުވާ ލިބިގަންނަމުންދާކަން ކަށަވަރުކުރުން.
  • ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ހިންގަންޖެހޭ ޙަރަކާތްތައް ވެރިންގެ މަޝްވަރާއާއެކު ހިންގުން.
  • ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓް ފަދަ ތަކެތި ލިޔުމާއި، ސެކްޝަނަށް އެކިފަރާތްތަކުން ލިބޭ ތަކެއްޗަށް ޖަވާބު ދިނުން.
  • މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ކުށުގެ ރިކޯޑާގުޅޭ އެންމެހާ މަސައްކަތްކުރުން.
  • ފަރުވާގައި ތިބޭ ފަރާތްތަކުގެ ތަފާސްހިސާބާބެހޭ އެންމެހާ މަސައްކަތްކުރުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

1-   ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-   ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:

28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން.

 

އިތުރު މަޢުލޫމާތު:

 

 

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

-          އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

ނޯޓް:

މަތީގައިވާ މަޤާމްތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

21 ފެބުރުވަރީ 2019
ހޯދާ