ދިވެހިރާއްޖެ
ކޮންސަލްޓަންސީ |
ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން) |
މަސައްކަތުގެ އަގު |
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން އަގު ހުށެހެޅުމަށް |
މަސައްކަތް ކުރަންޖެހޭ ތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
ތަޢުލީމާއި ތަޖުރިބާ
|
މަސައްކަތަށް ބޭނުންވާ ތަޢުލީމު:
މަސައްކަތުގެ ތަޖުރިބާ އާއި ހުނަރުތައް:
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ގެވެށި އަނިޔާއާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުވުމަށް 'މީޑިއާ އެންޑް އެޑްވަކަސީ އެކްޝަން ޕްލޭން' އެއް ފަރުމާކުރުމާއި އެކްޝަން ޕްލޭން މޮނީޓަރ ކުރާނެ ފްރޭމްވަރކްއެއް ނުވަތަ ޓޫލްއެއް އެކުލަވާލުން. މިގޮތުން މިމަސައްކަތްކުރުމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގެ (މާލެ އަދި އަތޮޅުތައް ހިމެނޭގޮތަށް) މަޝްވަރާހޯދަން ވާނެއެވެ. ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ ޓީ.އޯ.އާރު ގެޒެޓުން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv ވަޑައިގެން، "އިއުލާން/ވަޒީފާގެ ފުރުސަތު" ނެންގެވުމުން ލިބޭނެއެވެ. |
މިކޮންސަލްޓަންސީއަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތަށް ކުރިމަތިލާ ސިޓީއާއެކު ޕްރޮޕޯސަލްއެއް ތިރީގައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ހުށަހަޅަން ވާނެއެވެ.
1- މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ، 2- މަސައްކަތް ފުރިހަމަކުރުމަށް ހުށަހަޅާ އަގު، 3- ކޮންސަލްޓަންސީއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)، 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ، 5- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް އަދި/ނުވަތަ ކޮންސަލްޓަންސީއަށް އެދޭފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެފަރަންސް/ ރެކަމެންޑޭޝަން ލެޓަރސް) 6- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ނޯޓު: - މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މިކޮންސަލްޓޭޝަންއަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ. - ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން، އިންޓަރވިއު، އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގަށް ބަލާއި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށެވެ. މި ގޮތުން އިވެލުއޭޓްކުރުމުގައި ބަލާނީ ތިރީގައިވާ މިންގަނޑަށެވެ.
މި ކޮންސަލްޓަންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯސަލްއާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 07 މާރިޗު 2019 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން: 3010551 ފެކްސް: 3010552 އީމެއިލް: [email protected] 21 ފެބްރުއަރީ 2019 |