ދިވެހިރާއްޖެ
ނަންބަރު: A) EA-2019/84)
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުން
06 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ރާއްޖެއިން ބޭރުން ތިރީގައި ބަޔާންކޮށްފައިވާ ޤައުމުތަކުގައި ބަލައިގަތުމުގެ އިންތިޒާމު، 19ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 02 މާރޗް 2019 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ހަމަޖެހިފައި ހުންނާނެއެވެ.
# |
ޤައުމު |
ފޯމު ބަލައި ގަންނަ ތަން |
ފޯމު ބަލައިގަންނަ ދުވަސްތައް |
ފޯމު ބަލައިގަންނަ ވަގުތު |
1 |
އިންޑިޔާ/ ޓްރިވެންޑްރަމް |
ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީސް |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 15:00 އަށް |
2 |
އިންޑިޔާ/ ނިއުދިއްލީ |
ދިވެހިރާއްޖޭގެ އެމްބަސީ |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 15:00 އަށް |
3 |
ސްރީލަންކާ/ ކޮލޮމްބޯ |
ދިވެހިރާއްޖޭގެ އެމްބަސީ |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
9:30 އިން 15:30 އަށް |
4 |
މެލޭޝިއާ/ ކުއަލަލަމްޕޫރް |
ދިވެހިރާއްޖޭގެ އެމްބަސީ |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
9:30 އިން 15:00 އަށް |
4 |
އިނގިރޭސިވިލާތް/ ލަންޑަން |
ދިވެހިރާއްޖޭގެ އެމްބަސީ |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 16:00 އަށް |
6 |
ސިންގަޕޫރު |
ދިވެހިރާއްޖޭގެ އެމްބަސީ |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 16:00 އަށް |
7 |
ތައިލެންޑް |
ދިވެހިރާއްޖޭގެ އެމްބަސީ |
ހޯމަ ދުވަހުން ހުކުރު ދުވަހަށް |
10:00 އިން 15:00 އަށް |
8 |
ބަންގްލަދޭޝް |
ދިވެހިރާއްޖޭގެ އެމްބަސީ |
އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް |
10:00 އިން 15:00 އަށް |
މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2018 ގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އަދި މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 ޖުމާދަލްއާޚިރު 1440