މުސާރަ:
|
-/4090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3272 ރުފިޔާ)
|
އެހެނިހެން ޢިނާޔަތްތައް:
|
-/2000ރ - -/3000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.
|
ޝަރުތު:
|
- ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
އަދި
މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- މާލޭގެ ވިޔަފާރި ބަނދަރުގެ ގުދަންތަކާއި ޢިމާރާތްތަކާއި ކީވޯލްތައް އަދި އިކުއިޕްމެންޓްތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.
- މާލޭގެ ވިޔަފާރި ބަނދަރުގެ ގޭޓް ތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމާއި އަންނަ ފަރާތްތަކާއި ނުކުންނަ ފަރާތްތައް ޗެކްކޮށް ސެކިޔުރިޓީ ބެލެހެއްޓުން.
- މުދާ ކްލިއަރކުރުމުގެ މަސައްކަތަށް ވަންނަ އުޅަނދުފަހަރުގެ ކީވޯލް ފޯމް ދޫކުރުމާއި ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް އެއުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތް ނިންމުން.
- ގަޑިއަކު އެއްފަހަރު ބަނދަރުތެރެ ޕެޓްރޯލްކޮށް ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއްހިންގާނަމަ އެފަދަ ކަންތައްތައް ހުއްޓުވުން.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު
|
މަސައްކަތް ކުރަންޖެހޭ ތަން :
|
ޕޯޓް ސެކިއުރިޓީ ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:
|
މަޤާމަށް އެދިހުށައަޅާ ފޯމް
ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
ސުންގަޑި:
|
2019 ފެބްރުއަރީ 27ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން
|
ސިޓީ ހުށަހަޅަންޖެހޭ އޮފީސް:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.
ފޯން: 3329339 ފެކްސް: 3325293 އީމެއިލް: [email protected]
|
ނޯޓް: ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
|