މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުންދާ ބައު ޖަމާލުއްދީން ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުންދާ ބައު ޖަމާލުއްދީން ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 ފެބުރުވަރީ 24 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބުރުވަރީ 25 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2019 މާރިޗު 03 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  5. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު 3,600 (ތިންހާސް ހަސަތޭކަ) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
  7. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
20 ފެބުރުވަރީ 2019
ހޯދާ