އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން

މި އިޢުލާންވަނީ 25 ފެބުރުވަރީ 2019 13:52 ގައި ބާތިލް ކުރެވިފައެވެ.


ގުދަން ހެދުމަށް ތޮއްޑޫ ބަނދަރު ސަރަހައްދުން 1200 އަކަފޫޓްގެ 2 ބިން ދޫކުރުމަށްވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

  

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

3 މާރިޗު 2019

އާދީއްތަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

10 މާރިޗު 2019

އާދީއްތަ

10:00

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.

  • ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑުގެ އަސްލު ނުވަތަ ކޮޕީ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން.
20 ފެބުރުވަރީ 2019
ހޯދާ