ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

އިލެކްޓްރީޝަން

ބޭނުންވާ ޢަދަދު:    02

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މަހަކު 4000/-(ހަތަރުހާސް ރުފިޔާ)

ސާރވިސް އެލަވަންސް

މަހަކު 1000/- (އެއްހާސް ރުފިޔާ)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލުގައި ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ކަރަންޓް ވަޔަރިންގ ދާއިރާއިން ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

2-   ގްރޭޑް 10 ނިންމާފައިވުން

ނުވަތަ

3-   ކަރަންޓް ވަޔަރު ކުރުމާއި އިލެކްޓްރިކް އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ވަޔަރިންގ މަސައްކަތްތައް އެނގުން
  3. އިލެކްޓްރިކް އާލާތްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރަން އެނގުން
  4. އުސްތަންތަނުގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫގެ އެކި ސަރަޙައްދުތަކުގައިވާ މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  2. އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ ކަރަންޓާއި ގުޅުން ހުރި ކުދިކުދި މަރާމާތުތައް ކުރުން.
  3. ކައުންސިލުން އިންތިޒާމްކޮށް ބާއްވާ އެކިއެކި ޙާފްލާ ، ރަސްމިއްޔާތުތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

28 ފެބްރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

18 ފެބުރުވަރީ 2019
ހޯދާ