ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: |
މުނިސިޕަލް ސުޕަރަވައިޒަރ |
ބޭނުންވާ ޢަދަދު: 01 |
||
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.) |
|||
މުސާރައާއި އެލަވަންސް |
މުސާރަ (މަހަކު) 4500/-(ހަތަރުހާސް ފައްސަތޭކަ ރުފިޔާ) |
|||
ޙާޟިރީ އެލަވަންސް |
މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 16/67 (ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި) |
|||
އިތުރު އެލަވަންސްތައް: |
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ. |
|||
ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް: |
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލުގައި ކަނޑައަޅާ ވަގުތުތަކުގައި. |
|||
ތަޢްލީމީ ފެންވަރު: 1- ޖީސީއީ އޯލެވެލް ، ކޭމްބްރިޖު އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން C ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން C ގްރޭޑް ޙާޞިލުކޮށްފައި ވުން. ނުވަތަ 2- ގްރޭޑް 10 އިން ފާސްވެފައިވުމާއެކު ބަނދަރު ބެލެހެއްޓުމާއި ރަށުތެރެ ބެލެހެއްޓުމުގެ ހުނަރުވެރިކަން ލިބިފައިވާކަން އެނގޭނެ ލިޔުމެއް އޮތުން ނުވަތަ ސުޕަރަވައިޒަރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް އޮތުން. |
||||
މަޤާމަށް ބޭނުންވާ ހުނަރު:
|
|
|||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް. 4- އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް. |
|||
ސުންގަޑި: |
28 ފެބްރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް. |
|||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.