ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތު ގޯތީފާރުގެ އެތެރެފަރާތުގައާ،ބޭރުފަރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކައުންސިލްގެ އިދާރާ އިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤްވެރިވެ ލައްވާ ފަރާތްތަކުން 3 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.މަޢުލޫމާތު ސާފުކުރަށްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮންނަގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮންނަގަޑިއަށް ވަޑައިނުގަންނަވާ ފރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނޭވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައާއި، އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑްގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑްގެ އަސްލު ގެންނަންވާނެއެވެ.
މާރކްސް ދިނިމުގައި އަންދާސީ ހިސާބުތަށް އެވުލުއޭޓް ކުރާކޮމިޓީން ބަލާނެ މިންގަނޑު
1- އެއްމެ ކުޑައަގަށް : % 75
2- މަސައްކަތް ނިންމަދޭނެ އެއްމެކުރު މުއްދަތަށް : % 15
3- ފަންނީ ގޮތުން ޤާބިލްކަންހުރި މިންވަރަށް : % 5
4- ތަޖުރިބާއަށް : % 5
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.