ދިވެހިރާއްޖެ
މިއިދާރާ 2019 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާއިން ގެ ނަންބަރ: (IUL)296/296/2019/5 އަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
މި މައްސަކަތާ ބެހޭ މައުލޫމާތު ސާފު ކޮށްދިނުން އޮންނާނީ 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1.00ގައި މި އިދާރާގައެވެ. އަގު ހުށައަޅުއްވާނީ 25 ފެބްރުއަރީ 2019ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1.00ށް މިއިދާރާއަށެވެ. މިމަސައްކަތްކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014 ގެ) ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.