އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންކުއްޔަށް ދިނުން.

އިޢުލާން

 

 

ކުއްޔަށް ބިންދޫކުރުމާއިބެހޭ:

 

                  މިރަށުގެ ބަނދަރުގެ ހުޅަނގުފަރާތު ކޮޅުތޮށިން ސިނާޢީ މަސައްކަތް ކުރުމަށް 1500 އަކަފޫޓްގެ  2 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް /1 ރ. ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް /1 ރުފިޔާ އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

                  ވީމާ، ބިން ކުއްޔަށްހިފަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 27 ފެބްރުވަރީ 2019 ވާ އަންގަރަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި "ބިން ކުއްޔަށްހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

                       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                           19 ފެބްރުވަރީ 2019

19 ފެބުރުވަރީ 2019
ހޯދާ