އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

ނަންބަރު: A)CA-2019/78)

އިޢުލާން

06 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ހުޅުދޫ ސްކޫލް ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ރަތްވިލާމަގުން ފެށިގެން ބަހާއުއްދީންމަގުގެ ހުޅަނގުފަޅީގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، ހުޅުދޫ-1

S01.1.1  

335

ނަސްރިއްޔާ ޕްރީ ސްކޫލް ހޯލު

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ބަހާއުއްދީން މަގުން ފެށިގެން ފޮކޮޅުމަގުން އިރަށް ގޮސް  ވާރުގޭދީދީމަގުން އުތުރަށް ގޮސް ޢަލީޢަބްދުﷲމަނިކުފާނުމަގުން އިރަށް ދާ  ސަރަޙައްދުގެ އިރުދެކުނުފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، ހުޅުދޫ-2

S01.1.2  

336

 ސ. އަތޮޅު މަދަރުސާ ހޯލުގެ ހުޅަނގު ކޮޅު

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ރަށްވިލާމަގުން އިރަށް ގޮސް ބަހާއުއްދީންމަގުން ދެކުނަށް ގޮސް  ފޮކޮޅެމަގުން އިރަށް ގޮސް ވާރުގޭދީދީ މަގުން އުތުރުރަށްގޮސް ޢަލީ ޢަބްދުﷲ މަނިކުފާނުމަގުން އިރަށްދިޔަ މަގުތަކުގެ އުތުރުގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މީދޫ ފިޔަވައި އައްޑޫސިޓީގެ އެހެނިހެން އަވަށްތަކުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ، ހުޅުދޫ-3

S01.1.3  

337

ފޭދޫ ސްކޫލް ހޯލުގެ ދެކުނުކޮޅު

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުމަގުގެ އިރުން ފެށިގެން ރަށުގެ އިރުން އިރުން ހުޅަނގަށްގޮސް މާދެލަމަގުން ދެކުނަށް، ޑޭޒީމަގުން ހުޅަނގަށް ގޮސް ލަޠީފިހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން އިރަށް ގޮސް ކުޅިބަލާހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-1

S02.1.1  

338

ފޭދޫ ސްކޫލް އުތުރުފަޅީގެ ޢިމާރާތުގެ ކްލާސްރޫމް 1A

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ މާދެލަމަގުން އިރުއުތުރު ކަނުން ދެކުނަށް ގޮސް ޑޭޒީމަގުން ހުޅަނގަށް ގޮސް ރަށްދެބައިމަގުން އުތުރަށް ގޮސް ޗާންދަނީ މަގުން ދެކުނަށް ގޮސް ނޫރާނީހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުތަކުރުފާނުމަގުގެ އުތުރުންއިރަށް  މާދެލަމަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ، ފޭދޫ-2

S02.1.2  

339

ފޭދޫ ސްކޫލް އުތުރުފަޅީގެ ޢިމާރާތުގެ ކްލާސްރޫމް (ޕްރީކްލާސް)

މި ފޮށްޓަށް ވޯޓުލާނީ ނޫރާނީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށްގޮސް ޗާނދަނީމަގުން އިރަށް ގޮސް ރަށްދެބައިމަގުން ދެކުނަށް ގޮސް ޑޭޒީމަގުން އިރަށް ގޮސް ލަޠީފީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގަށް ގޮސް ނަސީމީހިނގުމުން އުތުރަށް ގޮސް ކަނީރުމަގުން އިރަށްގޮސް ޗަނބޭލީހިނގުމުން އުތުރަށް ގޮސް ޗާނދަނީމަގުން ހުޅަނގަށް ގޮސް އާބާދިހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުބޮޑުތަކުރުފާނުމަގުން އިރަށް ގޮސް ނުރާނީހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-3

S02.1.3  

340

ފޭދޫ ސްކޫލް ހޯލުގެ މެދު

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ އާބާދީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށް ގޮސް ޗާނދަނީމަގުން އިރަށް ގޮސް ޗަނބޭލީހިނގުމުން ދެކުނަށް ގޮސް ކަނީރުމަގުން ހުޅަނގަށް ގޮސް ނަސީމީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގަށް ގޮސް ރަބީޢީހިނގުމުން އުތުރަށް ގޮސް ބަނަފުސާގޯޅިން ދެކުނަށް ގޮސް ރޯޝަނީހިނގުމުން އުތުރަށް ގޮސް މިރިހިމަގުން ހުޅަނގަށް ގޮސް އަސަރީހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުބޮޑުތަކުރުފާނުމަގުން އިރަށް ގޮސް އާބާދީ ހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކުސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި މާލެ ސިޓީގެ މީހުންނާއި އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ  ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-4

S02.1.4  

341

ފޭދޫ ސްކޫލް ހޯލުގެ އުތުރުކޮޅު

މި ފޮށްޓަށް ވޯޓުލާނީ އަސަރީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށް ގޮސް  މިރިހިމަގުން އިރަށް ގޮސް ރޯޝަނީހިނގުމުން  ދެކުނަށް ގޮސް ބަނަފްސާގޯޅިން އިރަށް ގޮސް ރަބީޢީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގުން އިރަށް ގޮސް ޝަމްސުއްދީންބޮޑުތަކުރުފާނުމަގުން އިރަށް ގޮސް އަސަރީހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-5

S02.1.5  

342

އައްޑޫ ސިޓީ، މަރަދޫ  އިރުޝާދިއްޔާ ސްކޫލް ހޯލު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ ގައުސަންދޮންމަގުން އިރު ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫ-1

S03.1.1  

343

އައްޑޫ ސިޓީ، މަރަދޫ  މަރަދޫ ސްކޫލް ހޯލުގެ ދެކުނުކޮޅު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ ގައުސަންދޮންމަގާއި އަލަދަޑިމަގާއި ދެމެދު ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ  ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ، މަރަދޫ-2

S03.1.2  

344

އައްޑޫ ސިޓީ، މަރަދޫ  މަރަދޫ ސްކޫލް ހޯލުގެ އުތުރުކޮޅު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ އަލަދަޑިމަގުން ފެށިގެންހުޅަނގު އުތުރުކޮޅަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކުސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި މާލެ ސިޓީގެ މީހުންނާއި އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ، މަރަދޫ-3

S03.1.3  

345

ހިތަދޫ ސްކޫލް ހޯލުގެ ހުޅަންގުކޮޅު

މި ފޮށްޓަށް ވޯޓުލާނީ ޖަވާހިރުގޯޅީގެ ހުޅަނގުން ފެށިގެން އިރަށް، އެޅެދީދީ މަގުގެ އުތުރަށް، ޑޭޒީމަގުން އިރަށް ގޮސް ނިމޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، ހިތަދޫ-1

S04.1.1  

346

ހިތަދޫ ސްކޫލް ހޯލުގެ މެދު

މި ފޮށްޓަށް ވޯޓުލާނީ ޑޭޒީމަގުގެ އިރުން ފެށިގެން، ވައިލެޓްމަގުން ދެކުނަށް، ފިޔާތޮށިހިނގުމުން އިރަށް ގޮސް، ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ  ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ، ހިތަދޫ-2

S04.1.2  

347

ހިތަދޫ ސްކޫލް ހޯލުގެ އިރުމަތީކޮޅު

މި ފޮށްޓަށް ވޯޓުލާނީ އެޅެދީދީ މަގާއި ޑޭޒީމަގާއި ގުޅުނު ހިސާބުން ފެށިގެން އިރަށް، ވައިލެޓްމަގުން ދެކުނަށް، ފިޔާތޮށިހިނގުމުންއިރަށް، ސަނާމަކު ގޯޅިން ދެކުނަށް، ސަންސެޓް ހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން ގޮސް ޑޭޒީމަގާއި ހަމަޔަށް ހިމެނޭ ސަރަޙައްދުގެ އިރުމަތީ ފަރާތުގައި ހިމެނޭ ގެއެއްގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-3

S04.1.3  

348

ހިތަދޫ ސްކޫލްގެ ކްލާސްރޫމް 1

މި ފޮށްޓަށް ވޯޓުލާނީ ޖަވާހިރުގޯޅިން އިރަށް، އެޅެދީދީމަގުން ދެކުނަށް، ވައިލެޓްހިނގުމުން އިރަށް، ޒަމާނީ ހިނގުމުން ދެކުނަށް، ޒިޔާރަތްމަގުން ހުޅަނގަށް، ނިކަގަސްމަގުން ދެކުނަށް، ނިކަގަސްގޯޅިން ހުޅަނގަށް ގޮސް ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-4

S04.1.4  

349

ހިތަދޫ ސްކޫލްގެ ކްލާސްރޫމް 2

މިފޮށްޓަށް ވޯޓުލާނީ ފިޔާތޮށިހިނގުމުގެ އިރުން ހުޅަނގަށް، ސަނާމަކުގޯޅިން ދެކުނަށް، ސަންސެޓްހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ވައިލެޓްހިނގުމުން އިރަށް، ޒަމާނީހިގުމުން ދެކުނަށް، ޒިޔާރަތްމަގުން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ފެއަރލިންހިނގުމުން އިރަށް، ފިޔާތޮށިމަގުން އުތުރަށް، ޒިޔާރަތްމަގުން އިރަށް ގޮސް ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-5

S04.1.5  

350

ނޫރާނީ ސްކޫލް ހޯލުގެ އުތުރުކޮޅު

މި ފޮށްޓަށް ވޯޓުލާނީ ނިކަގަސްގޯޅިން އިރަށް، ނިކަގަސްމަގުން އުތުރަށް، ޒިޔާރަތް މަގުން އިރަށް، އެޅެދީދީމަގުން ދެކުނަށް، ފެއަރލިން ހިނގުމުން  އިރަށް، ފިޔާތޮށި މަގުން ދެކުނަށް، އަސްރަފީ ގޯޅިން ހުޅަނގަށް، އެޅެދީދީ މަގުން އުތުރަށް، އަސްރަފީ މަގުން ހުޅަނގަށް، އައުމިސްކިތް މަގުން އުތުރަށް، ރަތްދެބައި މަގުން ހުޅަނގަށް ގޮސް ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-6

S05.1.1  

351

ނޫރާނީ ސްކޫލް ހޯލުގެ ދެކުނުކޮޅު

މި ފޮށްޓަށް ވޯޓުލާނީ އައުފަންނުމަގުގެ ހުޅަނގުން އިރަށް، އައުމިސްކިތްމަގުން އުތުރަށް، އަސްރަފީމަގުން އިރަށް، އެޅެދީދީމަގުން ދެކުނަށް، ރަންކޮކާމަގުން ހުޅަނގަށް، ގޮސް ނިމޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-7

S05.1.2  

352

ނޫރާނީ ސްކޫލްގެ ކްލާސްރޫމް 1

މި ފޮށްޓަށް ވޯޓުލާނީ އަސްރަފީގޯޅީގެ ހުޅަނގުން ފެށިގެން  އިރަށް، ފިޔާތޮށި މަގުން ދެކުނަށް، ކަނީރުމަގުން އިރަށް، ޝަމްސުއްދީންމަގުން ދެކުނަށް، ނަރުގިސްމަގުން ހުޅަނގަށް، އެޅެދީދީމަގުން އުތުރަށްގޮސް އަސްރަފީގޯޅިއާއި ހަމައަށް  ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-8

S05.1.3  

353

ނޫރާނީ ސްކޫލްގެ ކްލާސްރޫމް 2

މި ފޮށްޓަށް ވޯޓުލާނީ ރަންކޮކާމަގުގެ ހުޅަނގުން ފެށިގެން އިރަށް، އެޅެދީދީމަގުން ދެކުނަށް، ނަރުގިސްމަގުން އިރަށް، އައިމަލިމަގުން ދެކުނަށް، ފެންފިޔާޒުމަގުން ހުޅަނގަށް، ގޮސް ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-9

S05.1.4  

354

ނޫރާނީ ސްކޫލްގެ ކްލާސްރޫމް 3

މި ފޮށްޓަށް ވޯޓުލާނީ ނަރުގިސްމަގުގެ އިރުން ފެށިގެން ހުޅަނގަށް، އައިމަލިމަގުން ދެކުނަށް، ފެންފިޔާޒު މަގުން އިރަށް، ހަވީރީ މަގުން ދެކުނަށް، އާޒާދީ މަގުން އިރަށް ގޮސް ނިމޭ ސަރަހައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކުސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި މާލެ ސިޓީގެ މީހުންނާއި އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އައްޑޫ، ހިތަދޫ-10

S05.1.5  

355

ޝަރަފުއްދީން ސްކޫލް ހޯލުގެ އިރުމަތީކޮޅު

މި ފޮށްޓަށް ވޯޓުލާނީ ފެންފިޔާޒުމަގުގެ ހުޅަނގު ފަރާތުން ފެށިގެން އިރަށް، ހަވީރީ މަގުން ދެކުނަށް، އާޒާދީ މަގުން އިރަށް، ޝަމްސުއްދީން މަގުން ދެކުނަށް، ލިލީމަގުން ހުޅަނގަށް ގޮސް ނިމޭ  ސަރަޙައްދުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-11

S06.1.1  

356

ޝަރަފުއްދީން ސްކޫލް ހޯލުގެ ދެކުނުކޮޅު

މި ފޮށްޓަށް ވޯޓުލާނީ ލިލީމަގުގެ ހުޅަނގުފަރާތުން އިރަށް، އެޅެދީދީމަގުން ދެކުނަށް، ނާޒުކީ ހިނގުމުން ހުޅަނގަށް، ނަސީރީ މަގުން ދެކުނަށް، ކަށިނަރި ހިނގުމުން ހުޅަނގަށް، ނާޒުކީހިނގުމުން ހުޅަނގަށް ގޮސް ނިމޭ ސަރަޙައްދުގެ އުތުރުފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-12

S06.1.2  

357

ޝަރަފުއްދީން ސްކޫލްގެ ޕްރައިމަރީ ވިންގް ކްލާސްރޫމް 1

މި ފޮށްޓަށް ވޯޓުލާނީ  ލިލީމަގުގެ އިރުމަތީ ފަރާތުން ފެށިގެން ހުޅަނގަށް، އައިމަލި މަގުން ދެކުނަށް، އަމީނީމަގުން އިރަށް ގޮސް ނިމޭ ސަރަހައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-13

S06.1.3  

358

ޝަރަފުއްދީން ސްކޫލްގެ ޕްރައިމަރީ ވިންގް ކްލާސްރޫމް 2

މި ފޮށްޓަށް ވޯޓުލާނީ ގެދަރިހިނގުމުގެ ދެކުނުން ފެށިގެން، ހަތްމިސްކިތް މަގުން އިރަށް، ރަސްގެދަރި މަގުން އުތުރަށް، އަމީނީމަގުން ހުޅަނގަށް، އައިމަލިމަގުން އުތުރަށް، ލިލީމަގުން ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ނާޒުކީހިނގުމުން ހުޅަނގަށް، ނަސީރީމަގުން ދެކުނަށް، ކަށިނަރިހިނގުމުން ގޮސް ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ  ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-14

S06.1.4  

359

އައްޑޫ ހައިސްކޫލްގެ ކްލާސްރޫމް 1

މި ފޮށްޓަށް ވޯޓުލާނީ އަމީނީމަގުގެ އިރުމަތީ ފަރާތުން ފެށިގެން ހުޅަނގަށް، ރަސްގެދަރިމަގުން ދެކުނަށް، ހަތްމިސްކިތް މަގުން ހުޅަނގަށް، ގެދަރިހިނގުމުން ދެކުނަށް (ފެހެލެކުޅި އާއި ހަމައަށް) އަދި ކަށިނަރި ހިނގުމުގެ އިރުން ފެށިގެން ހުޅަނގަށް، ނާޒުކީހިނގުމުން ހުޅަނގަށް ގޮސް ނިމޭ ސަރަހައްދުގެ ދެކުނުގައި ހިމެނޭ ގެއެއްގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، ހިތަދޫ-15

S06.1.5  

360

ޝަމްސުއްދީން ސްކޫލް ހޯލު

މި ފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްމަގު ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށް ގޮސް، ގުލްފާމްމަގުން ހުޅަނގަށް ގޮސް، ބަހާއުއްދީންމަގުން އުތުރަށް ގޮސް، އެމަގު ނިމޭ ސަރަހައްދުގެ އިރުމަތީފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.  

އައްޑޫ، މީދޫ-1

S07.1.1  

361

ޝަމްސުއްދީން ސްކޫލް ހޯލު

މި ފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްމަގު ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށް ގޮސް، ގުލްފާމްމަގުން ހުޅަނގަށް ގޮސް، ބަހާއުއްދީންމަގުން ދެކުނަށް ގޮސް، އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީ ހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތް ގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ ދެކުނު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، މީދޫ-2

S07.1.2  

362

ސ. އަތޮޅު މަދަރުސާ، ހޯލުގެ އިރުމަތި

މި ފޮށްޓަށް ވޯޓުލާނީ މީދޫ ބަހާއުއްދީންމަގު ފެށޭ ހިސާބުން ދެކުނަށް ގޮސް،  އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތްގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ އުތުރު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި އައްޑޫސިޓީ ހުޅުދޫ ފިޔަވައި އައްޑޫސިޓީގެ އެހެނިހެން އަވަށްތަކުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ، މީދޫ-3

S07.1.3  

363

މަރަދޫފޭދޫ ސްކޫލް ހޯލުގެ އުތުރުކޮޅު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ ހުޅަނގު އުތުރުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި، މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ، މަރަދޫފޭދޫ-1

S07.2.1  

364

މަރަދޫފޭދޫ ސްކޫލް ހޯލުގެ ދެކުނުކޮޅު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ އިރު ދެކުނުގައިވާ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫފޭދޫ-2

S07.2.2  

365

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

13 ޖުމާދުލްއާޚިރާ 1440

18 ފެބުރުވަރީ 2019
ހޯދާ