ދިވެހިރާއްޖެ
މިސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލެ ޖަލު،ހެޑް އޮފީސް،ހުޅުމާލެ ޖަލު އަދި ތިލަފުށި އަހުލުވެރި މަރުކަޒުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)167-PR/167/2019/05 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދޭއް ފަރާތުން ކަމަށްވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
25 ފެބްރުއަރީ 2019 |
ހޯމަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
28 ފެބްރުއަރީ 2019 |
ބުރާސްފަތި |
11:00 |
18 ފެބްރުއަރީ 2019