ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާން އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
- ބޭނުންވާ އަދަދު : އަންހެން: 01 ފިރިހެން: 01
ޝަރުޠު:
* ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަންގެ ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައި ނުވުން. (3 މަސްދުވަސްނުވާ ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ)
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
* އުމުރުން 55 އަހަރުނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
* އަތޮޅު ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 01 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
* އެގްޒަމިނަރެއް ހޮވުމުގައި އޭދަފުށީގައި ދިރިއުޅުން ޤާއިމްވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 28 ފެބްރުވަރީ 2019ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވަނަވަރާއެކު ސިޓީއަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީއަކާއިއެކު މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6608300 އަށް، އަދި އީމެއިލްގެ ޒަރީއާއިންނަމަ [email protected] އަށެވެ.
12 ޖުމާދަލްއާޚިރާ 1440
17 ފެބުރުއަރީ 2019