މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޖީ.ޕީ.އެސް އާއި ކުދިއައިސްއަލަމާރި

 

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

ލޯންޗްތަކަކަށް ބޭނުންވާ ޖީ.ޕީ.އެސް އާއި ކުދި އައިސްއަލަމާރި ސަޕްލައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

   ވީމާ، މިމަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2019 ފެބްރުއަރީ 21 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2019 ފެބްރުއަރީ 25 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

 މިކަމަށް މީގެކުރިން ކުރި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2018/4 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިވާ ނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

 

 

‏‏12‏ ޖުމާދަލްއާޚިރާ‏ 1440

‏17‏ ފެބްރުއަރީ‏ 2019

 

17 ފެބުރުވަރީ 2019
ހޯދާ