އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

 

 

އުނގޫފާރު ސްކޫލް

   އުނގޫފާރު ، ދިވެހިރާއްޖެ

ތާރީޚް:  17 ފެބްރުއަރީ 2019

ނަންބަރު: 11GS210/IUL/2019/ 

 

                                                                                   

 އިޢުލާނު

 

މަޤާމް:             

މަސައްކަތު ( ފިރިހެން )

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު :

3 މަސް

މަޤާމުގެ ރޭންކް:

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

އެޑްމިން

މަޤާމް އޮތް އޮފީސް:

އުނގޫފާރު ސްކޫލް / ރ.އުނގޫފާރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުނގޫފާރު ސްކޫލް / ރ.އުނގޫފާރު

މުސާރަ:

3100.00 ރުފިޔާ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް :

1000.00 ރުފިޔާ ( އެއްހާސް ރުފިޔާ )

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަޤާމުގެ ޝަރުތުތައް :

 

 

1-    ލިޔަން ކިޔަން އެނގުން

(ނޯޓް ) : ލިޔަން ކިޔަން އެނގޭކަން ސާބިތު ކޮށް ދިނުމަށް ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މައްސަލަތަކާއި ވާޖިބުތައް :

 

 

 

މަޤާމުގުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-     ސްކޫލްގެ މަސައްކަތުމީހުން ޑިއުޓީ ތާވަލާއި އެއްގޮތަށް ޑިއުޓީއަށް ނިކުމެ މަސައްކަތްކުރައްވާތޯ ދުވަހުން ދުވަހަށް ބަލާ ރިޕޯޓްކުރުން.

2-     މަސައްކަތުމާހަލުގައި މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަކެތި ހޯދައިދީ އިތުރަށް ބޭނުންވާނަމަ އޮފީހުގައި ރިކްއެސްޓްކުރުން.

3-     ކޮންމެ ދުވަހެއްގެ ހެނދުނު 6:45ގައި ކުލާސްތައް ކުނިކަހާ ފޮޅާ ސާފުކޮށްފައިވޭތޯބަލާ ޔަޤީންކުރުން

4-     ދުވާލަކު އެއްފަހަރު މަސައްކަތު މީހުން ކުނިކަހާ ފޮޅާ ސާފުކުރުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް ކުނިކަހާ ސާފުކޮށްފައިވޭތޯ ބަލާ ޔަޤީންކުރުން.

5-     ސްކޫލްގެ ބަގީޗާ ، ގަސްތަކަށް ދުވަހުން ދުވަހަށް ފެންދީފައިވޭތޯ ބެލުން

6-     ސްކޫލްގެ ބަގީޗާ ގަސްތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ހަފުތާއަކު އެއްފަހަރު ކޮށާފައިވޭތޯ ބެލުން

7-     ހަފުތާއަކު އެއްފަހަރު ސްކޫލުން އަންގާ ގޮތެއްގެ މަތީން ސްކޫލް ޢިމާރާތްތަކުގެ ދިޔަދޮވިތައް މަސައްކަތު މީހުން ލައްވާ ސާފުކުރުވުން.

8-     ހަފްތާއަކު އެއްފަހަރު ސްކޫލް އިމާރާތްތަކުގެ ކަތިފިލާތައް މަސައްކަތު މީހުން ލައްވާ ފޮޅާ ސާފުކުރުވުން.

9-     ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00ގެ ކުރީން ސްކޫލްގެ ހުރިހާ ބުލޮކްތަކެއްގައި ހުރި ފަންކާ ހޮޅިބުރި ޑެސްކު، މޭޒު، ގޮޑި ދަރިވަރުންގެ ފާޚާނާތަކުގައިވާ ތަކެތީގެ ހާލަތު އަންގައިދޭ ރިޕޯޓެއް ހަވާލުވެ ހުންނަވާ ވެރިޔާއަށް ފޯރުކޮށްދިނުން.

10- ދަރިވަރުންގެ ފާޚާނާތަކުގެ ކުދި މަރާމާތުތައް ދުވަހުން ދުވަހަށް ކުރުން.

11- ސްކޫލަށް ގެނެވޭ ތަކެތި ބަދަރުން ސްކޫލަށް މަސައްކަތު މީހުންލައްވާ އުފުލުން.

12- ސްކޫލްގެ ގުދަންތަކުގައިވާ ތަކެތި ސްކޫލުން އަންގާ ގޮތެއްގެ މަތީން ހަފުތާއަކު އެއްފަހަރު މަސައްކަތު މީހުން ލައްވާ އެތުރުން.

13- ސްކޫލުން ބޭރަށް އެކިއެކި ފަރާތްތަކަށް ދޫކުރާ ތަކެތި ސްކޫލަށް އަނބުރާ ގެނެއުމުން ހަމަތޯ އާއި ގެއްލުމެއްލިބިފައިވޭތޯ ވަގުތުން ޗެކުކުރައްވާ އިސްވެރިޔާއަށް ރިޕޯޓްކުރުން.

14- ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ވަގުތަކުވެސް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1.  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސްކޫލް ނިންމި ކަމުގެ ސެޓްފިކެޓް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން  ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފެރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، އުނގޫފާރު ސްކޫލްގެ އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  27 ފެބުރުވަރީ 2019  އާއި 05 މާރިޗް 2019 އާ ދެމެދު، އުނގޫފާރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޯދުމަށް ބެލޭނެ ކަންތައް

1-     މަސައްކަތުގެ ތަޖުރިބާ

2-     ލިބިފައިވާ ހުނަރު

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

09 ޖުމާދަލްއާޙިރާ 1440

                                    17 ފެބްރުއަރީ 2019

 

 

17 ފެބުރުވަރީ 2019
ހޯދާ