ދިވެހިރާއްޖެ
`
އުނގޫފާރު ސްކޫލް
އުނގޫފާރު ، ދިވެހިރާއްޖެ
ތާރީޚް: 17 ފެބްރުވަރީ 2019 |
ނަންބަރު: 10GS210/IUL/2019/ |
އިޢުލާނު
މަޤާމް: |
ފޯމަން ( ވަގުތީ ) |
މަޤާމުގެ ނަންބަރު: |
- |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ވަގުތީ |
މުއްދަތު : |
3 މަސް |
މަޤާމުގެ ރޭންކް: |
އެސް އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
ސެކްޝަން: |
އެޑްމިން |
މަޤާމް އޮތް އޮފީސް: |
އުނގޫފާރު ސްކޫލް / ރ.އުނގޫފާރު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އުނގޫފާރު ސްކޫލް / ރ.އުނގޫފާރު |
މުސާރަ: |
3875.00 ރުފިޔާ ( ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ |
ސަރވިސް އެލަވަންސް : |
1000.00 ރުފިޔާ ( އެއްހާސް ރުފިޔާ ) |
އިތުރު ޢިނާޔަތްތައް:
|
މަޤާމުގެ ޝަރުތުތައް :
1- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މައްސަލަތަކާއި ވާޖިބުތައް :
މަޤާމުގުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ސްކޫލްގެ މަސައްކަތުމީހުން ޑިއުޓީ ތާވަލާއި އެއްގޮތަށް ޑިއުޓީއަށް ނިކުމެ މަސައްކަތްކުރައްވާތޯ ދުވަހުން ދުވަހަށް ބަލާ ރިޕޯޓްކުރުން. 2- މަސައްކަތުމާހަލުގައި މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަކެތި ހޯދައިދީ އިތުރަށް ބޭނުންވާނަމަ އޮފީހުގައި ރިކްއެސްޓްކުރުން. 3- ކޮންމެ ދުވަހެއްގެ ހެނދުނު 6:45ގައި ކުލާސްތައް ކުނިކަހާ ފޮޅާ ސާފުކޮށްފައިވޭތޯބަލާ ޔަޤީންކުރުން 4- ދުވާލަކު އެއްފަހަރު މަސައްކަތު މީހުން ކުނިކަހާ ފޮޅާ ސާފުކުރުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް ކުނިކަހާ ސާފުކޮށްފައިވޭތޯ ބަލާ ޔަޤީންކުރުން. 5- ސްކޫލްގެ ބަގީޗާ ، ގަސްތަކަށް ދުވަހުން ދުވަހަށް ފެންދީފައިވޭތޯ ބެލުން 6- ސްކޫލްގެ ބަގީޗާ ގަސްތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ހަފުތާއަކު އެއްފަހަރު ކޮށާފައިވޭތޯ ބެލުން 7- ހަފުތާއަކު އެއްފަހަރު ސްކޫލުން އަންގާ ގޮތެއްގެ މަތީން ސްކޫލް ޢިމާރާތްތަކުގެ ދިޔަދޮވިތައް މަސައްކަތު މީހުން ލައްވާ ސާފުކުރުވުން. 8- ހަފްތާއަކު އެއްފަހަރު ސްކޫލް އިމާރާތްތަކުގެ ކަތިފިލާތައް މަސައްކަތު މީހުން ލައްވާ ފޮޅާ ސާފުކުރުވުން. 9- ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00ގެ ކުރީން ސްކޫލްގެ ހުރިހާ ބުލޮކްތަކެއްގައި ހުރި ފަންކާ ހޮޅިބުރި ޑެސްކު، މޭޒު، ގޮޑި ދަރިވަރުންގެ ފާޚާނާތަކުގައިވާ ތަކެތީގެ ހާލަތު އަންގައިދޭ ރިޕޯޓެއް ހަވާލުވެ ހުންނަވާ ވެރިޔާއަށް ފޯރުކޮށްދިނުން. 10- ދަރިވަރުންގެ ފާޚާނާތަކުގެ ކުދި މަރާމާތުތައް ދުވަހުން ދުވަހަށް ކުރުން. 11- ސްކޫލަށް ގެނެވޭ ތަކެތި ބަދަރުން ސްކޫލަށް މަސައްކަތު މީހުންލައްވާ އުފުލުން. 12- ސްކޫލްގެ ގުދަންތަކުގައިވާ ތަކެތި ސްކޫލުން އަންގާ ގޮތެއްގެ މަތީން ހަފުތާއަކު އެއްފަހަރު މަސައްކަތު މީހުން ލައްވާ އެތުރުން. 13- ސްކޫލުން ބޭރަށް އެކިއެކި ފަރާތްތަކަށް ދޫކުރާ ތަކެތި ސްކޫލަށް އަނބުރާ ގެނެއުމުން ހަމަތޯ އާއި ގެއްލުމެއްލިބިފައިވޭތޯ ވަގުތުން ޗެކުކުރައްވާ އިސްވެރިޔާއަށް ރިޕޯޓްކުރުން. 14- ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ވަގުތަކުވެސް އެހީތެރިކަން ފޯރުކޮށްދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފެރެންސް ޗެކް ފޯމް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، އުނގޫފާރު ސްކޫލްގެ އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ފެބުރުވަރީ 2019 އާއި 05 މާރިޗް 2019 އާ ދެމެދު، އުނގޫފާރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޯދުމަށް ބެލޭނެ ކަންތައް |
1- ތައުލީމާއި ތަމްރީން 2- މަސައްކަތުގެ ތަޖުރިބާ 3- ލިބިފައިވާ ހުނަރު |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
12 ޖުމާދަލްއާޙިރާ 1440 17 ފެބްރުއަރީ 2019
|