ދިވެހިރާއްޖެ
`
އުނގޫފާރު ސްކޫލް
އުނގޫފާރު ، ދިވެހިރާއްޖެ
ތާރީޚް: 17 ފެބްރުވަރީ 2019 |
ނަންބަރު: 09GS210/IUL/2019/ |
އިޢުލާނު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ވަގުތީ ) |
މަޤާމުގެ ނަންބަރު: |
- |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ވަގުތީ |
މުއްދަތު : |
3 މަސް |
މަޤާމުގެ ރޭންކް: |
ޖީ އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އެޑްމިން |
މަޤާމް އޮތް އޮފީސް: |
އުނގޫފާރު ސްކޫލް / ރ.އުނގޫފާރު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އުނގޫފާރު ސްކޫލް / ރ.އުނގޫފާރު |
މުސާރަ: |
4465.00 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ |
ސަރވިސް އެލަވަންސް : |
1500.00 ރުފިޔާ ( ފަނަރަ ސަތޭކަ ރުފިޔާ ) |
އިތުރު ޢިނާޔަތްތައް:
|
މަޤާމުގެ ޝަރުތުތައް :
1- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މައްސަލަތަކާއި ވާޖިބުތައް :
މަޤާމުގުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ހުރިހާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ތައްޔާރުކުރުން. 2- ސްކޫލް މެއިލް ދުވަހުން ދުވަހަށް ޗެކްކުރުން އަދި ކަމާގުޅޭ ސެކްޝަންތަކަށް ފޯވާޑްކުރުން. 3- ސްކޫލްއިން ވަކިވާން އެދޭ ދަރިވަރުންގެ ލީވިން ސެޓްފިކެޓް ތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ހަވާލުކުރުން 4- ސްކޫލަށް އަންނަ ހުރިހާ ސިޓީމެސެޖު އަދި އެހެނިހެން ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކުރުން. 5- ސްކޫލަށް އަންނަ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން 6- އިދާރީ މުވައްޒަފުންގެ ޗުއްޓީ ތާވަލް ބެލެހެއްޓުން. 7- ޖަވާބުދާރީވާން ޖެހޭ ލިއުންތަކަށް ވެރިންގެ ލަފާގެ މަތިން ޖަވާބުދާރީވުމާއި ލިޔެކިއުންތައް ފައިލްކުރުން. 8- ސްކޫލްގެ އިންވެންޓްރީ ބެލެހެއްޓުން. 9- ސްކޫލަށް ވަންނަން އެދޭ ދަރިވަރުންގެ ކަންތައް އޮންނަ އުސޫލާއި އެއްގޮތަށް ކުރުން. 10- ސްކޫލްއިން އެދޭ ކޮންމެ ކަމެއްގައި ސްކޫލަށް އެއްބާރުލުންދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފެރެންސް ޗެކް ފޯމް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، އުނގޫފާރު ސްކޫލްގެ އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ފެބުރުވަރީ 2019 އާއި 05 މާރިޗް 2019 އާ ދެމެދު، އުނގޫފާރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޯދުމަށް ބެލޭނެ ކަންތައް |
1- ތައުލީމާއި ތަމްރީން 2- މަސައްކަތުގެ ތަޖުރިބާ 3- ލިބިފައިވާ ހުނަރު |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
12 ޖުމާދަލްއާޙިރާ 1440 17 ފެބްރުއަރީ 2019
|