ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުން

 

MED/153-FHS/2019/04: ނަންބަރު                                                                                          

 

 

ފެކަލްޓީ  އޮފް ހެލްތު ސައިންސަސްގައި ހިންގާ ކޯސްތަކަށް ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައި ދިނުމާއި ،ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް  ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 21 ފެބުރުވަރީ 2019 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު) ޓްރާންސްކްރިޕްޓް އަދި ސީ.ވީ އާއި އައި.ޑި ކާޑުގެ ކޮޕީއާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

  1. މާއްދާގެނަން:                 ބައޯސްޓެޓިސްޓިކްސް

މާއްދާގެ ކޯޑް:                     221PUB

ކިޔަވާދޭންޖެހޭގަޑީގެޢަދަދު:               48 ގަޑި (30 ގަޑި ލެކްޗަރ، 18 ގަޑި ޓިއުޓޯރިއަލް)

ކިޔަވައިދޭންޖެހޭވަގުތު:                 މެންދުރު 12.00 ން ރޭގަނޑު 09.00 އާ ދެމެދު (ދުވާލަކު 2 ގަޑިއިރު)

ހަފްތާއަކު މަދުވެގެން ނަގައިދޭންޖެހޭގަޑީގެޢަދަދު:   14 ހަފްތާ ވަންދެން ހަފްތާއަކު 4 ގަޑިއިރު

ކިޔަވައިދީނިންމަންޖެހޭމުއްދަތު:             24 ފެބުރުއަރީ  2019 ން 20 ޖޫން 2019 އަށް (14 ހަފުތާ)

ފެންވަރުނުވަތަޝަރުތު:                  މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

  1. މާއްދާގެނަން:                 ހިއުމަން ރިސޯސް މެނޭޖެމެންޓް

މާއްދާގެ ކޯޑް:                     HRM 301

ކިޔަވައިދޭންޖެހޭގަޑީގެޢަދަދު:              56 ގަޑި (ލެކްޗަރއާއި  ޓިއުޓޯރިއަލް ގަޑިތަކާއި އެކު)

ކިޔަވައިދޭންޖެހޭވަގުތު:                 ހަވީރު 4.00 ން ރޭގަނޑު 10.00 ށް (ދުވާލަކު 2 ގަޑިއިރު)

ހަފްތާއަކުނަގައި ދޭންޖެހޭގަޑީގެޢަދަދު:         14 ހަފްތާ ވަންދެން ހަފްތާއަކު 4 ގަޑިއިރު

ކިޔަވައިދީނިންމަންޖެހޭމުއްދަތު:             24 ފެބުރުއަރީ  2019 ން 20 ޖޫން 2019 އަށް (14 ހަފުތާ)

ފެންވަރުނުވަތަޝަރުތު:                  މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

  1. މާއްދާގެނަން:                  ހެލްތް މެނޭޖްމެންޓް އިންފޯރމޭޝަން ސިސްޓަމް  

މާއްދާގެ ކޯޑް:                      MGT 319

ކިޔަވައިދޭންޖެހޭގަޑީގެޢަދަދު:               36 ގަޑި (33 ގަޑި ލެކްޗަރ، 6 ގަޑި ޓިއުޓޯރިއަލް)

ކިޔަވައިދޭންޖެހޭވަގުތު:                  ހަވީރު 4.00 ން ރޭގަނޑު 10.00 ށް (ދުވާލަކު 2 ގަޑިއިރު)

ހަފްތާއަކުނަގައިދޭންޖެހޭގަޑީގެޢަދަދު:           14 ހަފްތާ ވަންދެން ހަފްތާއަކު 4 ގަޑިއިރު

ކިޔަވާދީނިންމަންޖެހޭމުއްދަތު:               24 ފެބުރުއަރީ  2019 ން 20 ޖޫން 2019 އަށް (14 ހަފުތާ)

ޓީޗަރުގެފެންވަރުނުވަތަޝަރުތު:               މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

     ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ގައިޑްލައިން ތައްޔާރުކޮށް މާރކްކުރުން. އަދި ހުރިހާ ގަޑިތަކެއް ނަގާ ދޭންޖެހޭނީ ޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

17 ފެބުރުވަރީ 2019
ހޯދާ