މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެސިސްޓެންޓް ސެކްރެޓަރީ
ބޭނުންވާ އަދަދު :1

މުސާރަ:

-/3970ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3176 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/2000ރ - -/2500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 10 ގެ ފެންވަރު ހުރުން.

ނުވަތަ

- އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެގުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އޮފީހުގެ ރިސެޕްޝަން ބެލެހެއްޓުން

-ޕީއޭ.ބީ އެކްސް އަށް އަންނަ ކޯލްތައް ގުޅައިދީ ޖަވާބު ދިނުމާއި، ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް އެޑްމިން އަށް ހުށަހެޅުން.

- އަންނަ ތަކެއްޗާއި ސިޓީ ފަދަ ތަކެތި ބަލައިގަތުން.

- އެކިއެކި ބޭނުންތަކުގައި އަންނަ މީހުންނަށް މެހެމާންދާރީ އަދާކުރުމާއި އެހީތެރިވުން.

- އޮފީހުން އަންގާ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން. 

މަސައްކަތް ކުރަންޖެހޭ ވަގުތު:

ޝިފްޓް އުސޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ހިޔުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 ފެބްރުއަރީ 21ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް:  ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

14 ފެބުރުވަރީ 2019
ހޯދާ