މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ އެކައުންޓްސް އޮފިސަރުގެ މަޤާމަށް [ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                 އެކައުންޓްސް އޮފިސަރ

ގިންތި:                   ކޮންޓްރެކްޓް (2 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                  9250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

މަޤާމުގެ ޝަރުތު:

  1. މަގާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.

http://www.fishagri.gov.mv/images/download/ToR_Accounts_Officer.pdf

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  4. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

9 ޖުމާދުލްއަޢުލާ 1440

14 ފެބުރުވަރީ 2019
ހޯދާ