ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ބައެއް ކުލާސް ރޫމް ތަކުގައި ތަށިމުށި ޖަހައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރ: GS-26/IUL/2019/17
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި މަރުކަޒުގެ ބައެއް ކުލާސް ރޫމް ތަކުގައި ތަށިމުށި ޖަހައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ފެބުރުވަރީ 2019 އިން 20 ފެބުރުވަރީ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ފެބުރުވަރީ 219 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 28 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002
އީ-މެއިލް: [email protected]
9 ޖުމާދިލްއާޚިރާ 1440
14 ފެބުރުވަރީ 2019
14 ފެބުރުވަރީ 2019
ހޯދާ