މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-302861

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާއަދާ ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، މާލެ

މުސާރަ:

-/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ  %35

 ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއަށް އަންނަ ސިޓީ، އީ-މެއިލް ފަދަ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްތައް ފޮނުވަންޖެހޭ ޑިވިޝަން / ސެކްޝަންއަށް ފޮނުވާފައިވޭތޯ ބަލައި ޗެކްކުރުން.
  2. މިނިސްޓަރގެ އެޕޮއިންޓްމެންޓްތަކާއި އެހެނިހެން ބައްދަލުވުންތައް އިންތިޒާމުކުރުމާއި، މިނިސްޓަރަށް އަންނަ ދައުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.
  3. މިނިސްޓަރއަށް ސީދާ އަންނަ ސިޓީތަށް އަދި އީ-މެއިލްތައް މިނިސްޓަރ އަންގަވާގޮތަކަށް ޢަމަލުކުރުން ނުވަތަ ކަމާއިބެހޭ ސެކްޝަންތަކާއި ހަވާލުކުރުން.
  4. ކުރިއަށް އޮންނަ އަހަރު ބަޖެޓްގައި ހިމެނުމަށް ބޭނުންވާނެ ކަންތައްތައް ދެނެގަނެ ބަޖެޓްތައްޔާރުކުރުމަށް އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމާއި ކޮންމެ އަހަރެއްގެ އަހަރު ފެށޭއިރު، އެއަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން އިދާރީ ސެކްޝަނަށް ކަނޑައެޅިފައިވާ ބަޖެޓް ތައްޔާރުކުރުން.
  5. އެޑްމިން ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކުރުމުގައި ޑިވިޝަންގެ އިސްވެރިޔާއަށް އެހީތެރިވުމާއި އެކްޝަން ޕްލޭންގައި ހުރި ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. އިންޓަރނަލް ޕްރޮސީޖަރތަކުގައިވާ މިންގަނޑުތަކަށް މިނިސްޓްރީގެ މަސައްކަތްތައް ކުރުމާއި، ކުރޭތޯ ބަލައި ޗެކްކުރުން.
  7. މުވައްޒަފުން ބޭނުންވާ ތަކެތި ސްޓޮކްއިން ދޫކޮށް، ގަވާއިދުތަކާއި އެއްގޮތަށް ސްޓޮކް މެނޭޖްކުރުން.
  8. މިނިސްޓްރީއަށް އަންނަ އަދި ފޮނުވާ ލިޔެކިއުންތަކުގެ ސޮފްޓް ރައްކާކޮށް އަދި މެނުއަލްކޮށް ފައިލްކުރުމާއި، ޔައުމިއްޔާ ޗެކްކުރުން.
  9. މިނިސްޓްރީގެ އިމާރާތުގެ އެތެރެއާއި ބޭރުގެ މެއިންޓަނަންސް ކަންތައްތަކާއި މިނިސްޓްރީގެ ޢިމާރާތްތަކުގައި ބެހެއްޓިފައިވާ އާލާތްތަކަށް ދިމާވެފައިވާ މައްސަލަތައް ކަނޑައެޅިފައިވާމުއްދަތުގެރޭގައި ޙައްލުކުރެވިފައިވޭތޯ ޗެކްކުރުން.
  10. މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު މަތިކުރުމަށްޓަކައި މީހުން ތަމްރީނުކުރަންޖެހޭ ދާއިރާތައް ދެނެގަނެ ޓްރެއިނިންގ ރިކުއަރމަންޓް ތައްޔާރުކުރުމުގައި އެޗް.އާރް ސެކްޝަންއަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  11. މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ދަތުރުތަކުގެ އެންމެހައި އިންތިޒާމް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ހަމަޖެއްސުން.
  12. މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބަލެހެއްޓުން.
  13. އެޑްމިން ސެކްޝަން އިން ޖަވާބު ދޭންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކުރުން.
  14. މިނިސްޓްރީގެ ޢިމާރާތްތަކުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކޮށް ބަލަހައްޓާކަން ޔަގީން ކުރުން.
  15. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  2. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 ވަޒީފާގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

 ތަޢުލީމީ ރޮނގުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިމިނިސްޓްރީގެ ވެބްސައިޓުން www.mcst.gov.mv  އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

7. ސިވިލް ސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018 ގައިވާ  ގޮތުމުގެ މަތިން، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. އަދި މިމަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ (އެމް.އެސް 2) ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. މިގޮތުން:

 ތަޢުލީމާއި ތަމްރީން: %40

އިމްތިޙާން: %5

މަސައްކަތުގެ ތަޖުރިބާ: % 15

ލިބިފައިވާ ހުނަރު: %40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބްރުއަރީ 2019 (ބުރާސްފަތި) ދުވަހުގެ  13:30 ގެ ކުރިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިމްތިހާނު އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަރވިއު އޮންނާނީ، 24 ފެބްރުއަރީ 2019 އާއި 07 މާރިޗު 2019 އާ ދެމެދު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3302200 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

08 ޖުމާދަލްއާޚިރު 1440

13 ފެބްރުއަރީ 2019

13 ފެބުރުވަރީ 2019
ހޯދާ