މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
(Falsified Iclusig (Ponatinib HCL އާއި ގުޅޭ

ނޫސް ބަޔާން

 

(Falsified Iclusig (Ponatinib HCL އާއި ގުޅޭ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) އިން އެލާރޓް ކުރައްވާފައިވާ ގޮތުން ކެންސަރުބައްޔަށް ބޭނުން ކުރާ ތިރީގައިވާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓް Ponatinib HCL ގެ ބަދަލުގައި ދަށް ސްޓްރެންތެއްގެ Paracetamol  ބޭނުން ކޮށްގެން އުފައްދާފައިވާ ތިރީގައިވާ ބެޗް ވިޔަފާރީގެ ގޮތުގައި  ދުނިޔޭ ކަންކޮޅުތަކުގައި ދަނީ ދައުރު ވަމުންނެވެ.

މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫނެވެ. އަދި  މިކަން އިތުރަށް ބެލުމަށް ކުރެވުނު އިންސްޕެކްޝަން ތަކުން މިބޭސް  ރާއްޖޭގެ ބާޒާރުގައި ނެތްކަން ފާހަގަ ކުރެވިފައިވެއެވެ.

ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. ބޭސް ސިޓީއަށް ވެސް މިބޭހުގެ މިބެޗް  އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ. އަދި  ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން،  ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް  ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި  ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

ވީމާ Ponatinib HCL ގެ ދެންނެވިފައިވާ ބެޗްގެ ބޭސް ރާއްޖެއަށް އިމްޕޯރޓް ނުކުރުމަށާއި ނުވިއްކެވުމަށް އިލްތިމާސް ކުރަމެވެ.

 

ICLUSIG 15 mg ( 60Tablets)

ICLUSIG 45 mg ( 30Tablets)

Product Name

Ariad Pharma Ltd

Incyte Biosciences UK Ltd

Stated Manufacturer

25A19E09

PR072875

Batch Number

10/2020

12/2019

Expiry Date

English

English

Language of Packaging

މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

08 ޖުމާދުލްއާޚިރު   1440

 

 

                    

 

13 ފެބުރުވަރީ 2019
ހޯދާ