ދިވެހިރާއްޖެ
ޓާރފް ދަނޑު ވަށައިގެން ޕޭވްމަންޓް ހެދުން
މި ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ ޓާރފް ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުމާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބިޑް ޑޮކިޔުމެންޓްގައި ބަޔާން ކުރެވިފައި ވާނެއެވެ.
މި މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 ފެބުރުވަރީ 2019 އިން 20 ފެބުރުވަރީ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ފެބުރުވަރީ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 25 ވަނަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.
މިޕްރޮޖެކްޓާގުޅޭ ބިޑް ޑޮކިޔުމެންޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޣާޒީ ސްކޫލްގެ އެޑްމިން އޮފީސް
އޯކިޑްމަގު، ހުޅުމާލެ، ދިވެހިރާއްޖެ.
ފޯން: 3350744
އީ-މެއިލް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.
13 ފެބުރުވަރީ 2019