މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ކޮމިއުނިކޭޝަންސްގެ މަގާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާބެހޭ

"ޑިރެކްޓަރ، ކޮމިއުނިކޭޝަންސް" ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި އޮފީހުން ކޮށްފައިވާ ނަންބަރު 216MPAO/IUL/2019/6 އިޢުލާނާ ގުޅިގެން، އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ. އަދި މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކުގެ އެޕްލިކޭޝަން އިވެލުއޭޝަނަށް ބޭނުންކުރެވޭނެއެވެ. 

 

މަޤާމް:            ޑިރެކްޓަރ، ކޮމިއުނިކޭޝަންސް
ޑިޕާޓްމަންޓް:         ޕަބްލިކްރިލޭޝަންސް

ބޭނުންވާ ޢަދަދު:       01

 ވަޒީފާގެ ބާވަތް:      01 އަހަރުގެ  ކޮންޓްރެކްޓް (01 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ކޮންޓްރެކްޓް އައު ކުރެވޭނެއެވެ. ނުވަތަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ. )

ވާޒީފާ އަދާކުރަންޖެހޭ ތަން:     މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ރިލޭޝަންސް ނުވަތަ މާސް ކޮމިއުނިކޭޝަން ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން

މުސާރަ އާއި އިނާޔަތްތައް:


  • އަސާސީ މުސާރަ:    26،000.00ރ
  • ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5،500.00ރ ދެވޭނެއެވެ.
  • އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5،000.00ރ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަޤާމުގެ ޓީ.އޯ.އާ.ރު ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

 

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު

މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން 03 މާރިޗު 2019 އިން 07 މާރިޗު 2019 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން އިވެލުއޭޓްކުރާނީ، މި އިދާރާއިން ކަނޑައަޅާ މެމްބަރުން ( މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ފެބްރުވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441

އީމެއިލް:  [email protected]

12 ފެބުރުވަރީ 2019
ހޯދާ